މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ފަރުނީޗަރު ގަންނަންބޭނުންވެއެވެ.

މި އޮތޯރިޓީއަށް ފަރުނީޗަރު ގަންނަންބޭނުންވެއެވެ.

ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖުލައި 2017 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖުލައި 2017 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި 18 ޖުލައި 2017 ވަނަ ދުވަހުގެ 11:30 ގެ ފަހުން މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22‏ ޝައްވާލް 1438ހ.

16 ޖުލައި 2017މ.

16 ޖުލައި 2017
ހޯދާ