މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އިޙްރާމް ކަޅު އަބާޔާ ފޮތި ގަންނަން ބޭނުންވެއްޖެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އިޙްރާމް ކަޅު އަބާޔާ ފޮތި ގަންނަން ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ ބޭނުމަށް އިޙްރާމް ކަޅު އަބާޔާ ފޮތި ގަންނަން ބޭނުންވެއެވެ.

ވީމާ، ތިރީގައި މިވާ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ހޯއްދަވައި ދެއްވޭނެ ފަރާތްތަކުން 2017 ޖުލައި 12 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

1. ކަޅު ފޮތްޗާ ބެހޭ މަޢުލޫމާތު

  • އަދަދު: 100 ރޯލް
  • ރޯލް ސައިޒް: ފުޅާ މިނުގައި 58 އިންޗި އަދި ދިގު މިނުގައި 25 ޔާރޑް
  • ފޮތީގެ ބާވަތް: ހަސީނާ (ނިޑާ ފެބްރިކް) ނުވަތަ އެއާ ގާތްކުރާ ފެންވަރުގެ
  • ކުލަ: ކަޅު

 

2. މި އިޢުލާނާ ގުޅިގެން މާރކްސް ދެވޭނެ މިންގަނޑުތައް:

  • އަގު: %65
  • މުއްދަތު: %25
  • މަސައްކަތު ތަޖުރިބާ: % 10

 

3. ބިޑް ޑޮކިއުމަންޓްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:

  • ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  • ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • ކަޅު ފޮތީގެ ސާމްޕަލް
  • މިކަހަލަ މަސައްކަތެއް ކޮށްފައިވާނަމަ ރިފަރަންސް ސިޓީ / ލިޔުން

 

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: މި އިޢުލާނަކީ 05 ޖުލައި 2017 ގައި ކުރެވުނު އިޢުލާނުގައިވާ ޢިމްލާ ކުށެއް އިޞްލާޙު ކުރުމަށްފަހު އަލުން ގެޒެޓް ކުރެވިފައިވާ އިޢުލާނެކެވެ.

09 ޖުލައި 2017
ހޯދާ