ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އިއުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ސެންޓަރ ފޯރ އޯޕަން ލާރނިންގ

މާލެ، ދިވެހިރާއްޖެ

މިސެންޓަރުން ހިންގާ މާސްޓާރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ ކޯހުގައި ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

އަތޮޅާއި ރަށް:

ކ.މާލެ

މާއްދާތައް:

- ޕަބުލިކް ފައިނޭންސް އެންޑް ސޯޝަލް ބަޖެޓިންގ

- ކުލައިމޭޓް ޗޭންޖް އެންޑް ޕަބުލިކް ޕޮލިސީ

- ލީޑަރޝިޕް އެންޑް ޕޮލިސީ ޑިޒައިން

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގުރީ ހާސިލްކޮށްފައިވުމާއި އެކު ޕޯސްޓް ސެކަންޑްރީ ފެންވަރުގައި 02 އަހަރުދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.  

އުޖޫރަ:

ނަގައިދޭ ކޮންމެ ގަޑިއަކަށް ( 60 މިނިޓަށް ) -/500 ރުފިޔާ

މީގެ އިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-  ކުލާސްތައް އޮންނާނީ ކަނޑައެޅޭ ހަފްތާ ބަންދުތަކުގައެވެ.

-  އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345217، 3342187 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑު

13 ޖުލައި 2017 ( ބުރާސްފަތި ) ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ c[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     

                                  13 ޝައްވާލް 1438

                                  07  ޖުލައި 2017

06 ޖުލައި 2017
ހޯދާ