ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އިނާމް ދިނުމުގެ ޖަލްސާއަށް ބޭނުންވާތަކެތި ހޯދުން

 

                            ނަންބަރ 34/2017/ JS-B

އިނާމްދިނުމުގެ ޖަލްސާއަށް ބޭނުންވާތަކެތި ހޯދުން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މިސްކޫލުގެ 2017 ވަނަ އަހަރުގެ އިނާމް ދިނުމުގެޖަލްސާ ގައި ދަރިވަރުންނަށް  ދިނުމަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވެގެން  މިސްކޫލުން ކުރި ނަންބަރު: JS-B/2017/30 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދުމަށްފަހު އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ 02 ފަރާތުންކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

       ވީމާ  މިސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް  މިސްކޫލުގެ 2017   ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ގައި ދަރިވަރުންނަށް ދިނުމަށް  ބޭނުންވާ ތަކެތި ހައްދަވައި ދެއްވުމަށް  އެދިވަޑައި ގަންނަވާ ފަރާތް ތަކުން 11ޖުލައި  2017  ދުވަހުގެ 11.00  އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވު މަށްފަހު 16 ޖުލައި  2017 ދުވަހުގެ 11.00  އަށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                  12 ޝައްވާލް      1438

                  6 ޖުލައި         2017    

 

                                                              ޚާދިމުކުމް

 

                                                            މުޙަންމަދު ޝަފީޤް

                                                            އެޑްމިނިސްޓްރޭޓަރ

06 ޖުލައި 2017
ހޯދާ