ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ މޯނިންގސަން ގޯތީގެ އަތިރިން އޮތް ބިމުގައިހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމާބެހޭ

މިއިދާރާގެ ނަންބަރު (IUL)374-C/374/2017/25 (13 ޖޫން 2017) އިޢުލާނުގައި މަޢުލޫމާތުގެ ފުށު އެރުންތަކެއް ހުރުމާއެކު، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢްލާނު ކުރަމެވެ.

ފ. ނިލަންދޫ މޯނިންގސަންގޯތީގެ އަތިރިން އޮތްބިމުގައި (އަމީނީމަގާއި ސިއްތިބީމަގާއި ދެމެދު) މިކައުންސިލްގެ ފަރާތުން މައިޒާނެއް ހެދުމަށްވަނީ ނިންމާފައެވެ. އަދި މިމައިޒާން ހަދާއިރު އެސަރަޙައްދުގައިހުރި ރުއްގަހުގެ ބަދަލު ކަންތައް ހަމަޖެއްސުމަށް މިކައުންސިލްގެ ފަރާތުން މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން 13 ން 119 އަށް ނަމްބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ 2017 ޖުލައި 16 ވާ އާދީއްތަ  ދުވަހުގެ  14:00 ގެ ކުރިން،  އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢްލާން ކުރީމެވެ.

05 ޖުލައި 2017
ހޯދާ