ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ސަލާމް މިސްކިތުގެ އުތުރުން އޮތް މަގުގައި ހުރި ރުއްގަސް ނައްތާލުމާބެހޭ

މިއިދާރާގެ ނަންބަރު (IUL)374-C/374/2017/24 (13 ޖޫން 2017) އިޢުލާނުގައި މަޢުލޫމާތުގެ ފުށު އެރުންތަކެއް ހުރުމާއެކު، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢްލާނު ކުރަމެވެ.

ސަލާމު މިސްކިތުގެ އުތުން އޮތްމަގު (ހަތިކޮޅު ގެއިން ފެށިގެން އަމީނީ މަގުގެ އިރުމަތީ ފަރާތާ ހަމައަށް) ފުޅާކުރަން ބޭނުންވާތީ އެމަގު ހިމެނޭ ސަރަޙައްދުގައިހުރި ރުއްގަސް ނައްތާލަން މިކައުންސިލުންވަނީ ނިންމާފައެވެ. އަދި މިސަރަޙައްދުގައިހުރި ރުއްގަހުގައި މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން 01 ން 12 އަށް ނަމްބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ 2017 ޖުލައި 16 ވާ އާދީއްތަ  ދުވަހުގެ  14:00 ގެ ކުރިން،  އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢްލާން ކުރީމެވެ. 

05 ޖުލައި 2017
ހޯދާ