ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ، ތެލުގެ ވިޔަފާރި، އިންޖީނުގެ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން

ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ފިހާރައާއި ތެލުގެ ވިޔަފާރިއާއި އިންޖީނުގެ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)374-C/374/2017/22 (12 ޖޫން 2017) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވުމާއެކު އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

2017  ޖުލައި 13 ބުރާސްފަތި ދުވަހުގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

2017 ޖުލައި 16 އާދީއްތަ ދުވަހުގެ 11:00 ގައި

 

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރައްވާފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ އައްޑަނަފިހާރައާއި ތެލުގެ ވިޔަފާރިއާއި އިންޖީނުގެ އޮޑިޓްކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

މިއިދާރާއަށް ވަޑައިގެން ނުވަތަ 6740016 ، 7905438 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ޖުލައި 2017
ހޯދާ