ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެކަން ޙައްލުކޮށް ދިނުމާއި 10 އަހަރުގެ ޕްލޭނެއް ހެދުން

ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓަށް މިހާރު ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެކަން ޙައްލުކޮށް ދިނުމާއި، ކަރަންޓްގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރަން ބޭނުންވާތީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހެދުމަށް މިއިދާރާއިން 2017 ޖޫން 12 ގައި ކޮށްފައިވާ، މިއިދާރާގެ ނަންބަރު: (IUL)374-C/374/2017/19 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއެސްޓިމޭޓްތައް ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

13 ޖުލައި 2017 ބުރާސްފަތި ދުވަހުގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

16 ޖުލައި 2017 އާދީއްތަ ދުވަހުގެ 11:00 ގައި

 

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރައްވާފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓުގެ މައްސަލައާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

މިއިދާރާއަށް ވަޑައިގެން ނުވަތަ 6740016 ، 7905438 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

04 ޖުލައި 2017
ހޯދާ