ދިވެހިރާއްޖެ
ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ "އެސިސްޓެންޓް ލީގަލް އޮފިސަރ" މަޤާމަށް މީހަކު ހޯދުމަށް ކުރެވިފައިވާ
މި ޑިޕާޓްމަންޓުގެ ނަންބަރު 198A/2017/13 އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރީމެވެ.
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 26 /198A/2017 |
||
ތާރީޚް: 04 ޖުލައި 2017 |
|||
މަޤާމު |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ރޭންކް: އެލް.އެސް 2 |
|
ޢަދަދު |
1 |
||
މަސައްކަތްކުރަންޖެހޭ ތަން |
ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓު |
||
އަސާސީ މުސާރަ |
-/9412 ރުފިޔާ |
||
އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: -/3,000 - ލިވިންގ އެލަވަންސް: -/2,550 - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. |
||
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
1- ޝަރުޢީ ސެކްޝަންގެ މަސައްކަތްތައް ރާވައި އިންތިޒާމްކޮށް، ސެކްޝަނުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިސްވެކުރުން. 2- ލީގަލް ސެކްޝަނަށް އަންނަ ޖަވާބުދާރީވާންޖެހޭ ލިޔެކިޔުންތަކަށް މެޖިސްޓްރޭޓްގެ ލަފާގެމަތިން ޖަވާބުދާރީވުން. 3- ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓް ޑްރާފްޓް ކުރުން. 4- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ހަފްތާ ރިޕޯޓް އެކުލަވާލައި (ޖުޑީޝަލް ދާއިރާގެ ކޮމްބައިން ރިޕޯޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން. 5- އެކިކޯޓުތަކުން ބަޔާންނެގުމަށް ފޮނުވާ މެސެޖްތަކަށް މެޖިސްޓްރޭޓްގެ ލަފާގެ މަތިން ބަޔާން ނެގުން. 6- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ފޯމުތައް ބަލައިގަނެ ރަޖިސްޓްރީވުމުގެ ކުރިން ދަޢުވާ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާފައިވަނީ ފުރިހަމައަށްތޯ ޗެކްކުރުން. 7- ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިން. 8- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަގުކުރުމުގެ މަސައްކަތްކުރަންޖެހޭ މައްސަލަތަކުގައި ޝަރުޢީ އަގުކުރުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރުވުން. 9- ކޯޓަށް ހުށަހެޅޭ ވަރި، ކާވެންޏާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމާގުޅޭ އިދާރީ މަސައްކަތްތައް ސެކްޝަންގެ އިސް މުވައްޒަފެއްގެ ޙައިސިއްޔަތުން ކުރުވުން. 10- ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓިންނަށް އެހީތެރިވެދިނުން. 11- ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި ސެކްޝަނުގެ އިސްމުވައްޒަފެއްގެ ހައިސިއްޔަތުން އެމަސައްކަތް ކުރުން. 12- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި އަދި ރިޕޯޓް ހޯދަން އެދޭފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން. 13- މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތް ކުރުން. |
||
ހުށަހަޅަންޖެހޭ ތަކެތި |
1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||
|
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||
ސުންގަޑި |
2017 ޖުލައި 17 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު |
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|