ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

`

 

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ

               

  ތާރީޙް: 19 ޖޫން 2017                                                     ނަންބަރ:GS34/2017/013

 

ވަޒީފާގެ ފުރުޞަތު

 

 މަޤާމް:                        ޓީޗަރ (ސްޕެޝަލް އެޑިޔުކޭޝަން) 

 ބޭނުންވާ އަދަދު:                  01 (އެކެއް)

 ވަޒީފާއޮތް އޮފީސް:                ށ.އަތޮޅު މަދަރުސާ

 ގިންތި:                        ކޮންޓުރެކްޓް (06 މަސް ދުވަސް)

 ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :      އެކަޑަމިކް ސެކްޝަން / ށ.އަތޮޅުމަދަރުސާ

މުސާރަ / ޝަރުތު:

ޝަރުތު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

1- ސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުން

-/4500

-/1500

2- މަތީސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުން

-/5500

-/1500

3- ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

-/6090

-/2500

 

މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:

1- ސްކޫލްގައި ތިބި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއެކު ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ތަޢުލީމާއި ތަރުބިއްޔަތު

ދިނުމާއި، ދަރިވަރުންގެ ފިކުރީ، އިޖުތިމާޢީ، އަދި ޖިސްމާނީ ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމާއެކު، ޤައުމާއި ދީނަށް ވަފާތެރި ކިޔަމަންތެރި އަޚުލާޤު

ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތިމާގެ ޤާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން 

2- ސްކޫލްގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިންޑިވިޖުއަލް އެޑިޔުކޭޝަނަލް ޕްލޭން (IEP) ތައްޔާރުކޮށް އެޕްލޭންއާއި އެއްގޮތަށް ދަރިވަރުންގެ

ކިޔެވުން ކުރިޔަށް ގެންދިއުން.

3- ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކިޔެވުމާގުޅޭ މަޢުލޫމާތު ސްކޫލް މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.  

4- ޙަވާލުކުރެވިފައިވާ ޓައިމްޓޭބަލާއެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން

5- ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާއެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ އެކުދިންނަށް ހާސިލްވާންޖެހޭ

މިންވަރަށް އެންމެފުރިހަމައަށް ހާސިލްކޮށްދެއްވުމަށް މަސައްކަތްކުރުން

6- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސްޕަވައިޒަރަށް ދެއްކެވުން.

7– ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމެވުން

8- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގ ތަކުގައާއި ޑިސްކަޝަން މީޓިންގ ތަކުގައި ފުރިހަމައަށް ބައިވެރިވުން

9- ސްކޫލުންބާއްވާ ސްޓާފް މީޓިންތަކާއި، ސެޝަންމީޓިން، ބެލެނިވެރިންގެ ބައްދަލުވުން އަދިމިނޫންވެސް މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވެ ލެއްވުމަށް

ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން

10- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާއިގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށްބައްލަވާ މާރކްކުރެއްވުން

11- މުއައްޒަފުގެ އަމިއްލަކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުއައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލްކަން ކުރިއެރުވުން

12- ސްކޫލްގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވެންއޮތް ހުރިހާ މަސައްކަތެއް ކުރެއްވުން

13- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން

14- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން

15- ކްލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލްތެރޭގައި ހޭދަކުރައްވާ ވަގުތު ތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚްލާޤަށް ސަމާލުކަން ދެއްވުމާއި

ކުދިންއެގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މަސައްކަތް ކުރެއްވުން

16- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެ މަތިން އިމްތިހާންތައް ތައްޔާރުކުރެއްވުމާއި އިމްތިހާންތައް ހިންގެވުމާއި އިމްތިހާން ކަރުދާސްތައް މާރކްކުރެއްވުމާއި

އަދި އިމްތިހާންތަކާއިގުޅޭ އެންމެހާ ރެކޯޑްސްތައް ތައްޔާރުކޮށް ބެލެހެއްޓެވުން

17- ކިޔަވައިދެއްވާ ސެޝަންގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާއި ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން

18- މުއައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލްކަންހުރި އެންމެމަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް

މަސައްކަތްކުރުން

19- ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާއި ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނިދޫކޮށް ނުލެއްވުން

20- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރު އެޅުއްވުން

21- ދިވެހިސަރުކާރުގެ ޤަވައިދުތަކާއި، ދިވެހި ސިވިލްސާރވިސް ޤަވައިދުތަކާއި އަދި މިނިސްޓްރީއޮފް އެޑިއުކޭޝަނާއި ސްކޫލްގެ އެންމެހާ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް

ހިއްތެވުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

1-   ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުތައް.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

4- އަޚުލާޤީ ފެންވަރާއި ރިވެތި ސިފަތައް.

5- މަޤާމާ ގުޅޭގޮތުން ކުރެވޭ އިންޓަވިޔު.

6-މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން

ހ. އިންޓަވިޔު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 7 (ހަތް) ދުވަހުގެ ތެރޭގައި ށ.އަތޮޅު މަދަރުސާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( މިފޯމު ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv ންނާއި މިމަދަރުސާގެ

   އޮފީހުންވެސް ލިބެންހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ށ.އަތޮޅު މަދަރުސާ އަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިންނެވެ.

ނޯޓް:- މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ށ.އަތޮޅުމަދަރުސާ ގެ ނަންބަރު 6540059 ފޯނަށް ގުޅުއްވުން އެދެމެވެ.  

19 ޖޫން 2017
ހޯދާ