ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯނިންގޝަން ގޯތީގެ އަތިރިން އޮތް ބިމުގައި ހުރި ރުއްގަހުގެ މަޢުލޫމާތު ސާފުކުރުން

ފ. ނިލަންދޫ މޯނިންގސަންގޯތީގެ އަތިރިން އޮތްބިމުގައި (އަމީނީމަގާއި ސިއްތިބީމަގާއި ދެމެދު) މިކައުންސިލްގެ ފަރާތުން މައިޒާނެއް ހެދުމަށްވަނީ ނިންމާފައެވެ. އަދި މިމައިޒާން ހަދާއިރު އެސަރަޙައްދުގައިހުރި ރުއްގަހުގެ ބަދަލު ކަންތައް ހަމަޖެއްސުމަށް މިކައުންސިލްގެ ފަރާތުން މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން 13 ން 119 އަށް ނަމްބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ 2017 އޮގަސްޓް 21 ވާ  ބުދަ  ދުވަހުގެ  14:00 ގެ ކުރިން، އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢްލާން ކުރީމެވެ. 

13 ޖޫން 2017
ހޯދާ