އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

މި ހޮސްޕިޓަލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކުރެވުނު މި ހޮސްޕިޓަލްގެ ނަމްބަރ: (IUL)AAAH-A-AD/AAAH/2017/02 (26 ފެބުރުއަރީ 2017) އިޢުލާނާއި ގުޅިގެން ކުރެވިފައިވާ އިޢުލާން ގެޒެޓްކުރެވިފައި ނުވާތީވެ، އެ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް:

 

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

 

މަޤާމްގެ ނަމްބަރ:

J-254219

ބޭނުންވާ ޢަދަދު:

01

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

GS3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

އއ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. އަތޮޅު ހޮސްޕިޓަލް/ ޕަބްލިކް ރިލޭޝަން

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

  1. ޕަބްލިކް ރިލޭޝަންގެ އިންޗާޖް ނެތިއްޖެ  ހިނދެއްގައި އެނާގެ މަސައްކަތްތަކާއި އިސްކޮށް ޙަވާލުވެ ކުރަމުން ގެންދިއުން.
  2. އަލަށް ވަޒީފާއަށް ގުޅޭ މުވައްޒަފުންނަށް ހޮސްޕިޓަލްގެ ޢާއްމު ޤަވާޢިދުތައް ރަގަޅަށް އޮޅުންފިލުވާ ދިނުމާއި، ޤަވާޢިދުތަކަށް އަހުލުވެރި ކުރުމަށް މަސައްކަތް ކުރުން.
  3. ޕަބްރިލޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ހަދާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  4. އެކިއެކި ބޭނުން ތަކަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރާމީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކާ ބޭނުންވާ ޚިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން. އަދި ވާނުވާ ބަލަމުން ގެންދިއުން.
  5. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، އެހެން މުވައްޒަފުން އެކަމަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރުން.
  6. ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ނިންމުވުން.
  7. ހޮސްޕިޓަލްގެ އޯ.ޕީ.ޑީގެ އިންވެންޓްރީ ޗެކްކުރުވުން.
  8. ހޮސްޕިޓަލްގެ ވެއިޓިންގ އޭރިޔާގައި ބެހެއްޓިފައިވާ ލީފްލެޓް ބޯޑްތައް ދުވަހުން ދުވަހަށް ރީތިކޮށް ތަރުތީބު ކުރުވުން.
  9. ކައުންޓަރުގައި ޑިއުޓީ ކުރަންޖެހިއްޖެ ހިނދެއްގައި ޑިއުޓީ ކުރަމުން ގެންދިއުން.

ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން އަތޮޅުގެ ރަށްރަށައް ކުރާ ދަތުރު ތަކުގައި ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ޙަރަކާތްތެރިވުން.

މަޤާމުގެ ޝަރުތު

  1. 1.  ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިން މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިން މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. 2.   ސާނަވި އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

 

 ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-          ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.CSC.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6660847 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

-          މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 ޖުލައި މަހުގެ ތެރޭގައި ، މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، ޖުލައިމަހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

-          މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް  ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-          30% (ތިރީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން

-          މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660645  ނަންބަރު ފޯނަށެވެ.

 

                            23 ރަމަޟާން 1438

                            18 ޖޫން    2017

 

 

      މުޙައްމަދު ޝާހީން

         މެނޭޖަރ

18 ޖޫން 2017
ހޯދާ