މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރީޖަނަލް އޮފީސްތަކުން ޚިދުމަތްދޭ ވަގުތަށް ބަދަލުގެނައުން

އިއުލާން

 

02 ޖުލައި 2017 އިން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީ ގެ ރީޖަނަލް އޮފީސްތަކުގެ (ހުޅުމާލެ، ކ.މާފުށި. ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށި) އެޕްލިކޭޝަން ކައުންޓަރުތަކާއި ފައިސާ ބަލައިގަންނަ ކައުންޓަރުތައް ކުރީގައި ހުޅުވިފައިހުންނަ ގަޑިތަކުގެ އިތުރުން މެންދުރު 12:00 ން 01:00 އަށް ހުޅުވިފައިހުންނާނެ ވާހަކަ ދަންނަވަމެވެ.

މިގޮތަށް ހަމަޖެހުމުން އެޕްލިކޭޝަން ބަލައިގަތުމާއި މަޢުލޫމާތު ސާފުކޮށްދިނުން ހެނދުނު 08:30 އިން ހަވީރު 04:00 އަށް އަދި ފައިސާ ބަލައިގަތުން ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް މެދުކެނޑުމެއްނެތި ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ޚިދުމަތް ލިބެމުންދާނެ ވާހަކަ އާއްމުކޮށް އިޢުލާންކުރީމެވެ.

 

ކަސްޓަަމަރ ސަރވިސް ޑިވޮލޮޕްމަންޓް

18 ޖޫން 2017
ހޯދާ