ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުން

 މި ސެންޓަރުގެ ތީރީގައި ދެންނެވިފައިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ވޯކްޝޮޕް ހުންނަ ޢިމާރާތުގެ ފުރާޅަށް އެރުމަށްޓަކައި ދަގަނޑުން ހަރުގަނޑެއް ހަރުކުރުން.

2- ވޯކްޝޮޕްގެ ރޯލަރ ގޭޓު މަރާމާތުކުރުން.

3- ވޯކްޝޮޕް އިމާރާތުގެ ނެއްޓިފައިވާ ދިޔަދޮވީގެ ހޮޅި ހަރުކުރުން.

4- ފާހާނާތަކުން ފެން ލީކުވާމައްސަލަ ހައްލުކޮށް، އަންހެން މުވައްޒަފުންގެ ފާޚާނާގެ ބިތުގައި ޖަހާފައިވާ ތަށިމުށި ބަދަލުކުރުން.

5- މި ސެންޓަރުގައި ހަރުކޮށްފައިވާ ފެން މޯޓަރު ބޭނުންކުރެވޭގޮތްހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6- ޖީ.އެމް.ޑީ.އެސް.އެސް ރޫމުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލުކުރުމާއި، ސީލިންގއިން ފެން ލީކުވެފައިވާ ހިސާބުގައިވާ ސީލިންގ ފިލާ ބަދަލުކުރުން.

7- ގޯތިތެރޭގައި ހުރި ކޮންޕައުންޑް އޭރިޔާގެ ފުރާޅުގައި ގަސްޖެހި ހަލާކުވަމުންދާތީ ފުރާޅުން ތަންކޮޅެއްކަނޑާ، ދިޔަދޮވި އަދި ފުރާޅުން ފެންލީކުވާތީ ކުރަންޖެހިފައިވާ މަރާމާތްތައްކުރުން.

8- ގޯތިތެރޭގައި ކަނޑާލައިފައިވާ ގަހުގެ ގަސްބުރި ނަގާ އެތަނުގައި ޖަހާފައިވާ ގާތައް އެއްވަރުކުރުން.

9- ގޯތިތެރޭގައި ހަމަނުޖެހޭ ގާތައް އެއްވަރުކޮށް، ވާރޭވެހުމުން އޮފީސް އިމާރާތުގެ ދޮރުމަތީގައި ފެންބޮޑުވާމައްސަލަ ޙައްލުކުރުން.

10- ކުރީގެ އޮފީސް ހުރި އިމާރާތުގެ ދިޔަދޮވި މަރާމާތުކޮށް، ފުރާޅުން ފެންލީކުވާ މައްސަލަ ޙައްލުކޮށް ސީލިންގ ބަދަލުކުރުން.

11- ކުލާސްރޫމް 1 އަދި ކުލާސްރޫމް 2 ގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލުކޮށް ކުލާސްރޫމް 2ގެ ސީލިންގ މަރާމާތުކުރުން.

12- ޖީ.އެމް.ޑީ.އެސް.އެސް ރޫމްގެ ނެއްޓިފައިވާ އެލުމިނިއަމް ކުޑަދޮރެއް ހަރުކުރުން.

13- ސަވައިވަލް ސެންޓަރުގައި ބަހައްޓާފައިވާ، މިސެންޓަރުގެ ކޯސްތަކުގެ ޓްރެއިނިންގއަށް ބޭނުންކުރާ ލައިފްބޯޓް އުފުލާ ތިރިކުރާ ވިންޗްގެ އިލެކްޓްރިކް މޯޓަރަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލުކުރުން.

14- ސަވައިވަލް ސެންޓަރުގެ ލައިފްބޯޓު ހަރުގޭގެ ފުރާޅުގެ އިރުމަތީފަރާތުގެ ޓިނުތައް ނެއްޓެމުންދާތީ އެކަން ރަނގަޅުކޮށް، ހަރުގޭގެ ދަގަނޑު ހޮޅިތަކުގެ ދަބަރު ތަޅައި ކުލަލުން.

15- ސަވައިވަލް ސެންޓަރުގެ މޫދަށް ފުންމަން އަރާތަނުގެ ސިޑި އާއި މޫދުން އެއްގަމަށް އަރާ ސިޑި މަރާމާތުކުރުން.

16- ދުވަސްވެ ބާވެފައިވާ ދޮރުފޮތިތައް ބަދަލުކުރުން.

 

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން މާލޭ ސިޓީގެ ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

03 ޖުލައި 2017

13:00

އަންދާސީހިސާބު ހުށަހެޅުއްވުން

12 ޖުލައި 2017

13:00

 

 

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މަރުކަޒުގެ 3390983 ނުވަތަ 3396761 ނަންބަރު ފޯނަށް ގުޅުއްވުންއެދެމެވެ.  

14 ޖޫން 2017
ހޯދާ