ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ނަރުދަމާ ނިޒާމުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

ނިލަންދޫ ރައްޔިތުންގެ ނަރުދަމާ ނިޒާމުގެ މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

01. ނަރުދަމާ ނިޒާމަށް މިހާރު ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެކަން ޙައްލުކޮށް ދިނުން.

02. ނަރުދަމާގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރަން ބޭނުންވާތީ 10 އަހަރު ދުވަހުގެ ޕްލޭނެއް ހެދުން.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

21 ޖޫން 2017 ބުދަ ދުވަހުގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

03 ޖުލައި 2017 ހޯމަ ދުވަހުގެ 11:00 ގައި

 

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރައްވާފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ރައްޔިތުންގެ ނަރުދަމާ ނިޒާމުގެ މައްސަލައާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

މިއިދާރާއަށް ވަޑައިގެން ނުވަތަ 6740016 ، 7905438 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

12 ޖޫން 2017
ހޯދާ