ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުޖަމާއަތުގައި ޢީދުނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ބެހޭ

1438 ވަނަ އަހަރުގެ ފިޠުރުޢީދު ނަމާދު ޒޯންސްޓޭޑިއަމްގައި ބާއްވަން ބޭނުންވާތީ ޢީދު ނަމާދު ސްޓޭޑިއަމްގައި ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން އިންތިޒާމް ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖޫން 2017 ވަނަ ދުވަހުގެ 13:45އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖޫން 2017 ވަނަ ދުވަހުގެ 13:45 އަށް މިއިދާރައަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތްނޫން އެހެންފަރާތަކުން ހާޟިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިތްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

04 ޖޫން 2017
ހޯދާ