އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މާލޭގެ މަގުތަކަކީ ކުނިމެނޭޖްކުރުމުގެ ގަވާއިދު 2013/R-58 ގެ 11 ވަނަ މާއްދާގެ (ށ) ގައި ކުނިއެޅުން މަނާ ކަމަށް ކަޑައެޅިގެން ބަޔާންކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީވެ، މި ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ ކުށެކެވެ. އެހެންކަމުން މިގަވާއިދާ ޚިލާފުވާ ފަރާތްތަކާއިމެދު ގަވާއިދުގައިވާގޮތައް ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

           1438 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އަދި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަނުން ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުކާލަން ގަސްދުކުރައްވާ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައްދިމާވެ އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމަށްޗަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ.

23 މޭ 2017
ހޯދާ