މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސްދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮއްފައިވާ ފަރާތްތަކުގެ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު ބަދަލުވުން

މި އޮތޯރިޓީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކަމާއެކު ހިންގައި ބެލެހެއްޓުމަށްޓަކައި މި އޮތޯރިޓީގައި އައު ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް، މި ސިސްޓަމް މެދުވެރިކޮށް ޚިދުމަތް ދޭން ފެށުމާ ގުޅިގެން މި އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު ނުވަތަ "ޓިން" ބަދަލުވެފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ، މި އޮތޯރިޓީއާއެކު ކުރެވޭ އެންމެހައި މުޢާމަލާތްތަކުގައި ކުރިން ދޫކޮށްފައިވާ "ޓިން" ގެ ބަދަލުގައި އައު ސިސްޓަމުން ދޫކޮއްފައިވާ "ޓިން" ބޭނުން ކުރުމަށް ދަންނަވަމެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އައު ޓިން އެއް ދޫކުރެވުނު ކަމުގައިވީނަމަވެސް، ޓެކްސް ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތްތައް އަދާކުރަންޖެހޭ ތިރީގައި ބަޔާންކޮށްފައިވާ އިލްތިޒާމުތައް އަދާކުރުމުގައި މީގެ ކުރިން އެ ފަރާތްތަކަށް ދޫކުރެވިފައިވާ ޓިން، 31 ޑިސެންބަރު 2013 ވަނަ ދުވަހާ ހަމައަށް ބޭނުން ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޓެކްސް ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކަށް އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރުމުގައި 1 ޖަނަވަރީ 2014 އިން ފެށިގެން ބޭނުންކުރަންވާނީ އައު ޓިން ކަމުގައިވެސް ދަންނަވަމެވެ.

  1. ޓެކްސް އިންވޮއިސް، ރަސީދު، ކްރެޑިޓް ނޯޓު އަދި ޑެބިޓް ނޯޓް ތައްޔާރުކުރުން.
  2. އިންޕުޓް ޓެކްސް އުނިކުރުމަށްޓަކައި ޖީ.އެސް.ޓީ ބަޔާނާއެކު ހުށައަޅުއްވާ އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ތައްޔާރުކުރުން.
  3. ޓެކްސް ޤާނޫނު ތަކުގެ ބޭނުމަށް މީރާއާއެކު މުޢާމަލާތް ކުރުން.

2 ޛުލްޙިއްޖާ 1434

07 އޮކްޓޫބަރު 2013
ހޯދާ