ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ތަކެތި މިސްކޫލަށް ގަންނަންބޭނުންވެއްޖެ

ތިރީގައި މިދަންނަވާ ތަކެތި މިސްކޫލަށް ގަންނަންބޭނުންވެއްޖެ

 

މިސްކޫލްގެ ކުލާސްރޫމްތަކުގައި މަލްޓިމީޑިޔަރ ޕްރޮޖެކްޓަރ ހަރުކުރުމަށް  17 އޭޕްރިލް 2017 ގައި ކުރި އިޢުލާން (އިޢުލާން ނަންބަރ: GS-173/2017/03 ) އަށް އެކަށީގެންވާ ތަރުހީބެއްލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މި ތަކެތި ހޯދުމަށް އިޢުލާން ކުރީމެވެ.

 

ބާވަތް

ކޮންމެހެން ހުންނަންޖެހޭނެ ކޮލެޓީ

ގަންނަން ބޭނުންވާ އަދަދު

މިނީ ސީ ޕީ ޔޫ

i3 Processor @2.20GHz, 500GB Hard, 4GB RAM

HDMI Support

12

މަލްޓި މީޑިޔަރ ޕްރޮޖެކްޓަރ

Day Light, Full 3D

Short through Projector

HDMI Support

9

އިލެކްޓްރިކް ޕްރޮޖެކްޓަރ ސްކުރީން

Minimum 86” / 4:3

12

ޔުނިވަރސަލް ޕްރޮޖެކްޓަރ ބްރެކެޓް

Celling Bracket

12

ކޮމްޕިޔުޓަރ ކީ ބޯޑް އަދި މައުސް

Codeless

12

ސައުންޑް ސިސްޓަމް

 

9

ޕަވަރ ޕޮއިންޓް ޕްރެސެންޓަރ

 

12

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ބަނޑިދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މި މިތަކެތި ވިއްކުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

01 ޖޫން 2017 (ބުރާސްފަތި) 13:00ގައި

12 ޖޫން 2017 (ހޯމަ) 13:00 އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާގެ ދިވެހިރައްޔިތެއްކަންއަންގަދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916  ނަމްބަރ ފޯނާއެވެ.

24 މޭ 2017
ހޯދާ