މޯލްޑިވްސް ނާރސިންގ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް ނާރސިންގ ކައުންސިލްގެ ޕްރީ ރެޖިސްޓްރޭޝަން /ރަޖިސްޓަރީ ކުރުމާ ބެހޭ

މި ކައުންސިލުގެ ނަމްބަރު: 23-QI/MH/2009/261 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

މޯލްޑިވްސް ނާރސިންގ ކައުންސިލްގެ ޕްރީ ރެޖިސްޓްރޭޝަން އަދި ރެޖިސްޓްރޭޝަން ހެދުމަށް އިންޓަރނޭޝަނަލް އިންގްލިޝް ލޭންގުއޭޖް ޓެސްޓިން ސިސްޓަމް (IELTS) ސެޓްފިކެޓްގެ 5.5 ނުވަތަ މިފާހާ އެއް ފެންވަރުގެ އިނގިރޭސި ފާހެއް އޮންނަންޖެހެއެވެ.

ވީމާ، މޯލްޑިވްސް ނާރސިންގ ކައުންސިލްގައި ޕްރީ ރަޖިސްޓަރީ އަދި ރަޖިސްޓަރީވުމަށް IELTS ގެ އެކަޑެމިކް ނުވަތަ ޖެނެރަލް އިމްތިޙާނުން 5.5 ނުވަތަ މިފާހާއި އެއްފެންވަރުގެ ސެޓްފިކެޓެއް ހުށަހެޅުމަށް ދަންނަވަމެވެ.

04 ޛުލްޙިއްޖާ 1434   

09 އޮކްޓޫބަރު 2013
ހޯދާ