ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ޑީއެކްޓިވޭޓް ކުރުމާ ބެހޭ

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު މަގާމުން ވަކިވެފައިވާ ބޭފުޅުންގެ ޕާސްޕޯޓް އިމިގްރޭޝަން ސިސްޓަމުން ޑިއެކްޓިވޭޓް ނުވަތަ ކެންސަލް ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ވީމާ، މިފަދަ ބޭފުޅުންނަށް ދޫކުރައްވާފައިވާ ޕާސްޕޯޓް ކެންސަލް ކުރުމަށް އިމިގްރޭޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ.

އަދި ޑިއެކްޓިވޭޓް ކޮށްފައިވާ ޕާސްޕޯޓްގައި ދަތުރުކުރުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިމާވެދާނެ މައްސަލައަކަށް ނުވަތަ ލިބިދާނެ ގެއްލުމަށް މިޑިޕާޓްމަންޓުން ޒިންމާނުވާނެ ވާހަކަ ދެންނެވީމެވެ.

07 އޮކްޓޫބަރު 2013
ހޯދާ