އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުން

2013 ސެޕްޓެންބަރު 7 ވީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބޭއްވިފައިވާ ރިޔާސީ އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށާއި، މިއިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުނެގުން މިހިނގާ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ދިވެހިރައްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2013/SC-C/42 ޤަޟިއްޔާއިން ޙުކުމްކުރުމާ ގުޅިގެން ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުނެގުން 2013 އޮކްޓޫބަރު 19 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

މިއިންތިޚާބުގެ ވޯޓުނެގުމަށް ހަމަޖައްސާފައިވަނީ 2013 އޮކްޓޫބަރު 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ން ހަވީރު 4:00 އަށެވެ. އަދި ވޯޓުގުނަން ފަށާނީ ހަމަ އެދުވަހު ވޯޓުނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2013 އޮކްޓޫބަރު 22 ވާ އަންގާރަ ދުވަހުގެ ރޭ 9:00 ގައެވެ.    

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

5 ޛުލްޙިއްޖާ 1434 

08 އޮކްޓޫބަރު 2013
ހޯދާ