ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީ ސްޓޮކް އޯޑިޓްކުރުން

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރުމަށްޓަކައި ސްޓޮކް އޯޑިޓެއް ކުރުމަށްވަނީ ގަސްދުކުރެވިފައެވެ. މިގޮތުން މިހާރު ބޭނުންކުރާ ލިބަޓީ ލައިބްރަރީ މެނޭޖްމަންޓް ސޮފްޓްވެއަރގައި ހުރި ފޮތްތަކުގެ މަޢުލޫމާތު އެޑިޓްކޮށް އަޕްޑޭޓް ކުރެވޭނެއެވެ.

ވީމާ، ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ސްޓޮކް އޯޑިޓްގެ މަސައްކަތް 20 އޮކްޓޫބަރު 2013 ގައި ފެށުމުގެގޮތުން ފޮތް ދޫކުރުމުގެ ޚިދުމަތް ވަގުތީގޮތުން 20 އޮކްޓޫބަރު 2013 އިން 20 ޑިސެންބަރު 2013 އަށް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ތަކެތި ދޫކުރުމުގެ ޚިދުމަތް މެދުކެނޑުނު ކަމުގައި ވިޔަސް އެތަން ހުންނާނީ މިދެންނެވި މުއްދަތުގައި ހުޅުވާފައެވެ. އެއީ ލައިބްރަރީއަށް ޒިޔާރަތްކޮށް ފޮތް ކިޔުމަށާއި، ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށާއި އަދި  މެންބަރުން ގެންދަވާފައިވާ ފޮތްތައް ރައްދު (ރިޓަރން) ކުރެއްވުމަށްޓަކައެވެ. މެންބަރުންނަށް ދޫކުރެވިފައިވާ ތަކެތި ބަލައިގަތުމާއި ޖޫރިމަނާ ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 09:15 އިން ހަވީރު 15:30 އަށެވެ.

ވީމާ، މިމަސައްކަތުގައި އެންމެހައި ބޭފުޅުންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރަމެވެ. އަދި ލައިބްރަރީއިން ތަކެތި ދޫކުރުން ވަގުތީގޮތުން މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ސްޓޮކް އޯޑިޓްކުރާ މުއްދަތުގައި އޯޑިޓާ ބެހޭ މަޢުލޫމާތެއް ބޭނުންފުޅުނަމަ 8448 978 ނަންބަރު މޯބައިލް ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ސްޓޮކް އޯޑިޓްގެ މަސައްކަތް ކުރިއަށް ދާގޮތުގެ އަޕްޑޭޓް ލައިބްރަރީގެ ވެބްސައިޓް http://www.nlm.gov.mv އިން ލިބެންހުންނާނެއެވެ.

27 ޛުލްޤަޢިދާ 1434

03 އޮކްޓޫބަރު 2013
ހޯދާ