ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ސްޕެސިއަލްނީޑް (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ރޭންކް

ޓީ އެސް އޯ 1

މަޤާމުގެ ކްލެސިފިކޭޝަން

ސްކޫލް ޓީޗަރ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތިން ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް  

ދ.ބަނޑިދޫ ސްކޫލް

އަތޮޅާއި ރަށް

ދ.ބަނޑިދޫ

 

މަޤާމުގެ މުސާރަ އާއި އެލަވަންސް

ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

4450.00ރ

1500.00ރ

މަތީ ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.

6090.00ރ

2500.00ރ

 

ފެންވަރު ނުވަތަ ޝަރުޠު: 

  1. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
  2. މަތީ ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.
  3. ޖީ.ސީ އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު އެން.އައި. އީ އިން ހިންގާ ސްޕެސިއަލް ނީޑްސް ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފެރާތެއްކަމުގައި ވުމާއެކު، ސްޕެސިއަލް ނީޑްސް ކުދިންނަށް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

 

 

ވަޒީފާގެ މަސްއޫލިއްޔަތުތައް:

1)     ސްކީމު އޮފް ވާރކްތައް ތައްޔާރުކުރުން

2)     ޓައިމްޓޭބަލްގައިވާ ގޮތުގެ މަތިން ކުލާސްތައް ނެގުން

3)     އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިތުރުއެހީ ދިނުން

4)     އިތުރު ޙަރަކާތްތައް ހިންގުމުގައި ބައިވެރިވުން

5)     ލެސަންޕްލޭނު ހެދުމާއި ބޭނުންވާ ލާރނިންގ އެއިޑްސްތައް ތައްޔާރުކުރުން

6)     ޔުނިޓް ޓެސްޓްތަކާއި ޓާރމުޓެސްޓްތަކާއި މާރކިންގސްކީމް ތައްޔާރުކުރުން

7)     ޓެސްޓްޕޭޕަރުތައް މާރކު ކުރުމާއި މާރކްސްޝީޓްތައް ތައްޔާރުކުރުން

8)     ޓާރމްޓެސްޓް އިންވިޖިލޭޓްކުރުން ޖެހިއްޖެ ހިނދެއްގައި ޑިޔުޓީކުރުން

9)     ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން

10)ވަޒީފާބަޔާނުގައި ނުހިމެނޭ ވަޒީފާއާއި ގުޅޭ، އޮފީހުން އަންގާ މަސައްކަތްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް
  4. އިންޓަރވިއު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ބަނޑިދޫ ސްކޫލް ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

 

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

 

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

 

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު.

 

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:
މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 25 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13.30 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ބަނޑިދޫ ސްކޫލް ވަޒީފާއަށް އެދޭ ފޯމް، ބަޔާންކޮށްފައިވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ.

 

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިޔު އޮންނާނީ 28 މެއި 2017 އިން 10 ޖޫން 2017  އާއި ދެމެދުގައި ދ.ބަނޑިދޫ ސްކޫލްގައެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރ 7952916 އަށް ގުޅުއްވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

17 މޭ 2017
ހޯދާ