ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

މަޤާމް :ސީނިއަރ ލެކްޗަރަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

01

ސްޕައިން ޕޮއިންޓް:

46

ގްރޭޑް:

8

އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ސެންޓަރ

ދާއިރާ

ސައިންސް އެންޑް ޓެކްނޮލޮޖީ ، އެޑިއުކޭޝަން، ނަރސިންގް، ބިޒްނަސް އެންޑް ހޮސްޕިޓަރލިޓީ، ސޯޝަލް ސައިންސަސް އެންޑް އާރޓް ، ރިލީޖަސް ސްޓަޑީޒް ( ޝަރީއަރ އެންޑް ލޯ )

މުސާރަ:

މަހަކު 15,246/00 ރ

ސަރވިސް އެލަވަންސް:

މަހަކު 6,534/00ރ

އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަގާމްގެ ޝަރުތު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  10 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންފަރެންސްތައް އޯގަނައިޒްކުރުމުގައި އެހީތެރިވުން.
  • ޑެސްކް ރިވިއުތައް ހެދުމާއި، ޑާޓާ ހޯދުމާއި އެނަލައިޒް ކުރުން.
  • އެތިކްސް ރިވިއު ކޮމިޓީއަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުން.
  •  ރިސާރޗް އިންޓަރވިއު ސުވާލުތައް ތައްޔާރުކުރުމާއި، އިންޓަރވިއުކުރުމާއި އިންޓަވިޔު އެނެލައިޒް ކުރުން.
  • އިންޓަރވިއުތަކުގެ ރެކޯޑުތައް ރަނގަޅަށް ބެލެހެއްޓުމާއި، އިންޓަރވިއުކުރެވޭ ފަރާތްތަކުގެ އިތުބާރު ހިފެހެއްޓުން.
  • ސެންޓަރުގައި ހިންގާ ޕްރޮޖެކްތަކަށް ބޭނުންވާ ތަކެއްޗައް ރިކުއެސްޓް ކުރުމާ އެތަކެތި ހޯދުން.
  • ޕްރޮޖެކްތަކާ ގުޅުންހުރި، ޖަވާބުދޭންޖެހޭ ސިޓީތަކާއި، އީމެއިލް ފަދަ ލިޔުންތަކަށް ޖަވާބުދިނުން.
  • ވެބްސައިޓަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމާއި، ބެލެހެއްޓުމާއި އަދި އަޕްޑޭޓްކުރުން.
  • އަންޑަރގުރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ ތެރެއިން ރިސަރޗް ޕްރޮޖެކްޓްތައް ހަދާ ދަރިވަރުން ސުޕަވައިޒްކުރުން. (ދަރިވަރާއި، ފެކަލްޓީގެ ރިސަރޗަރއާއި ދެމެދު މީޑިއޭޓަރ އެއްގެ ދައުރު އަދާކުރުން).
  • ޕްރޮޖެކްޓާ ގުޅޭ ބައްދަލުވުންތަކަށް ހާޟިރުވުމާއި ޕްރޮޖެކްތަކުގެ ނަތީޖާ ސަމަރައިޒްކުރުން.
  • ޕްރޮޖެކްތަކަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރ ކުރުމާއި އެކަމާ ގުޅިގެން ދޭންޖެހޭ ލަފާ އާއި އިރުޝާދު ދިނުން.
  • މީ ނޫނަސް ވެރިން އަންގަވާ ގޮތެއްގެ މަތިން ޙަވާލުކުރާ ސެންޓަރާ ގުޅުން ހުރި އެހެން މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 މެއި 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.

 

15 މޭ 2017
ހޯދާ