މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންފޮރމޭޝަން އިންޖިނިއަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިންފޮރމޭޝަން އިންޖިނިއަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

މުސާރަ: -/13000 ރުފިޔާ

އެލަވަންސް : -/12000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މާރސްޓާރސް ޑިގްރީއެއް ޙާޞިލް ކޮށްފައިވުން، ނުވަތަ 
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ޙާޞިލް ކޮށްފައިވުމާއެކު ކަމާގުޅޭ ދާއިރާއަކުން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 08 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތިރީގައި ބަޔާން ކުރެވިފައިވާ ޓެކްނޮލޮޖީ ތަކުގެ ތަޖުރިބާ ލިބި އަހުލުވެރި ފަރާތަކަށް އިސްކަންދެވޭނެއެވެ.

-   ސީ ޝާޕް އާއި ޕީ.އެޗް.ޕީ، އެމް.އެސް.އެސް.ކިއު.އެލް އާއި މައި.އެސް.ކިއު.އެލް ޑާޓާބޭސް މެނޭޖްކުރުމާއި، މައިކްރޮސޮފްޓް އެމް.ވީ.ސީ 5 އަދި މައިކްރޮސޮފްޓް އެންޓިޓީ ފްރޭމްވާރކް 5 ނުވަތަ 6، ޕީ.އެޗް.ޕީ ފްރޭމްވާރކް ޔީ އަދި ޔީ 2 ، ރެސްޓް، ވެބް.އޭ.ޕީ.އައި، ފުރިހަމަ އޯ.އޯ.ޕީ އަދި މިނޫންވެސް މަސައްކަތާ ގުޅުން ހުރި ޓެކްނޮލޮޖީތައް

  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ޙައްޖު މެނޭޖްމަންޓް ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިރާސާކޮށް ތަންފީޒު ކުރުމާއި ސިސްޓަމަށް ގެންނަންޖެހޭ ބަދަލުގެނައުން.
  • ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޢާންމު ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ވެބް އެޕްލިކޭޝަން ހެދުން.
  • ކޯޕަރޭޝަންގެ ފަރާތުން ޙައްޖާއި ޢުމްރާ އޮޕަރޭޝަންތަކަށް މައްކާ އަދި މަދީނާގައި ބޭނުން ކުރުމަށްޓަކައި އެ އޮޕަރޭޝަންތަކަށް ޚާއްސަ ސޮފްޓްވެއަރއެއް ތައްޔާރުކުރުން.
  • ކޯޕަރޭޝަންގެ މަސައްކަތްތަކަށް ބޭނުން އެހެނިހެން ސޮފްޓްވެއަރތައް ތައްޔާރުކުރުމާއި މިހާރު ބޭނުން ކުރަމުންދާ ސޮފްޓްވެއަރތައް ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި ޢާންމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމަށް ގެންނަ ބަދަލުތަކާ ގުޅޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.
  • ކޯޕަރޭޝަންގެ ބޭނުންތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރއާ ބެހޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ނިޒާމަށް ވަދެވޭނެގޮތް ލިޔެ ޢާއްމު އެކައުންޓް ހަދައި ބެލެހެއްޓުން.
  • ހައްޖު މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް އެކައުންޓް ހަދައިދިނުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމްސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ޕްލޭންތައް، އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭންތައް ތަރައްޤީކޮށް، ސިސްޓަމް ބެލެހެއްޓުމާއި ވަގުތު ނުގެއްލި މުހިއްމު މަޢުލޫމާތު ނުގެއްލި މަސައްކަތް ހިނގަމުންދާނެ ގޮތްތައް ރާވައި ހިންގުން.
  • ޙައްޖު މެނޭޖްމަންޓް ސިސްޓަމް އަދި ކޯޕަރޭޝަނަށް ބޭނުންވާ ވެބް އެޕްލިކޭޝަން ސޮފްޓްވެއަރތަކާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  • ހައްޖު މެނޭޖްމަންޓް ސިސްޓަމަށާއި ކުންފުނީގެ އެހެނިހެން ސޮފްޓްވެއަރ ތަކަށް ކުރިމަތިވެދާނެ އަދި ކުރިމަތިވާ ނުރައްކާތަކަށް ސިސްޓަމްތައް ތައްޔާރުކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.
  • ކޯޕަރޭޝަންގެ އައިސީޓީ ޑިޕަރޓްމަންޓްގެ ހުރިހާ މަސައްކަތްތައް ރާވައި ހިންގުން.
  • ކޯޕަރޭޝަން އައިސީޓީ ގޮތުން ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ދިރާސާ ކުރުމާއި މެނޭޖިންގ ޑިރެކްޓަރގެ ލަފާގެ މަތިން މިކަންކަން ތަންފީޒުކުރުން.

މަސައްކަތު ވަގުތު:

ރަސްމީ މަސައްކަތު ދުވަސްތަކުގައި މަދުވެގެން 8 ގަޑިއިރު ހަމަވާގޮތަށް (ރަސްމީ މަސައްކަތު ވަގުތުގައި އޮފީހަށް ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި ނިކުންނަ ގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

15 މޭ 2017
ހޯދާ