މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

މަޤާމުގެ ގިންތި:

ވަގުތީ

*މި މަޤާމަށް ހޮވޭ ފަރާތެއްގެ 3 މަސް ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މަސައްކަތަށް ޤާބިލު ކަމަށް ފެންނަ ނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/10،000

އެލެވެންސް:

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  3. ފޯން އެލަވަންސް: -/300 ރުފިޔާ
  4. ސެޓިފިކެޓް އެލަވަންސް: ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އިތުރު ގަޑި:

ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • އިސްލާމީ ޝަރީޢާގެ ދާއިރާ އަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުމާއެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ޙައްޖާއި ޢުމްރާގެ އޮޕަރޭޝަންސް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • އަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުމާ އެކު އަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރަން އެނގުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން.
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންސް ބޭނުން ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

 

  • ޙައްޖު/ޢުމުރާގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ރާވާ ބެލެހެއްޓުން.
  • މައްކާ/މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް އިންތިޒާމު ކުރުން.
  • ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ޙައްޖު/ޢުމުރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވާ ހިންގުން.
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  • ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  • ޢަރަބި ބަހުން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ޢަރަބި ބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އެކަމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

މަސައްކަތު ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައި ވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.

ނޯޓް:

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވިގެންދާނީ އިންޓަރވިއު ކުރެވިގެންނެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

11 މޭ 2017
ހޯދާ