ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ކޯޑިނޭޓާރ (ކޮންޓްރެކްޓް)

 

 

`

 

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ

މިނިސްޓްރީ އޮފް އެޑިއުކޭޝަން

              މާލެ، ދިވެހިރާއްޖެ                

   ތާރީޚް: 10 މޭ 2017                                            ނަންބަރު: (IUL)428-SDQ/1/2017/6 

 

ޓިވެޓްގެ ޓްރޭނިންގ ޕްރޮގުރާމްތައް ކޯޑިނޭޓް ކުރާނެ (ކޮންޓްރެކްޓް) ސްޓާފުން ބޭނުންވެއްޖެ.

 

   

   މަޤާމް:                       ކޯޑިނޭޓާރ (ކޮންޓްރެކްޓް)

   ބޭނުންވާ އަދަދު:                03

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :               އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

   މުސާރަ :                    5965.00 ރުފިޔާ

   ވަޒީފާއޮތް އޮފީސް:               ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

   ގިންތި:                      ވަގުތީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :     ޕްރޮގްރާމް ޑިވެލޮޕްމަންޓް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް      ޓްރެއިނިންގ އޮތޯރިޓީ / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓިވެޓްގެ ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާ މޮނީޓަރކޮށް އިމްތިޙާނާއި ގުޅޭ އެންމެހާ ކަމެއްކުރުން.                                                                                               
  • ޓިވެޓްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން.
  • އޮފީހުން ކުރިޔައްގެންދާ ޚާއްސަ މަސައްކަތުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

ޝަރުތު: 

                                                  

  1. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

  

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ވަޒީފާ ހަމަޖެއްސުމަށް ބެލޭނެ އެހެނިހެން ކަންތައްތައް

 

ހ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭފަރާތަކަށްވުން.

ށ. ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށްވުން.

ނ. ނުރަސްމީ ގަޑީގައި އޮންލައިން ކްލާސްތައް ނަގަން ޖެހިއްޖެނަމަ އޮފީހަށް ނުކުމެވޭ ފަރާތަކަށްވުން.

ރ. އޮފީހުގެ ރަސްމީ ގަޑީގައިއާއި އަދި ނުރަސްމީ ގަޑީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށްވުން.

                            

އިންޓަރވިއު ކުރުން.

 

ހ. އިންޓަރވިއު އޮންނާނީ 21 މޭ 2017 އަދި 25 މޭ 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- މަޤާމަށް އެދި ހުށައަޅާ ފޯމް (މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓް  www.tvet.gov.mv ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން ނުވަތަ އެލިޔުންތަކުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

 

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ހ.ޤާޒީ ބިލްޑިންގ (ގްރައުންޑް ފްލޯ) އަށްށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 މޭ2017  ވަނަ ދުވަހުގެ 12:00 ގެ ކުރިން.

 

 

ނޯޓް:  

   މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341269 / 3341313  ފޯނަށް ގުޅުއްވުން އެދެމެވެ. 

 

10 މޭ 2017
ހޯދާ