ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރ(IUL) A01-HC/2017/01

އިޢުލާން

މަޤާމް                އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރJ257997

ބޭނުންވާ ޢަދަދު          01 (އެކެއް)

މަޤާމުގެ ގިންތި           ދާއިމީ

މަޤާމުގެ ރޭންކް          ޖީ. އެސް 3 ( ޖެނަރަލް ސަރވިސް )

މަޤާމުގެ ކްލެސިފިކޭޝަން    އޮފިސަރ ގްރޭޑް 1

ސެކްޝަން             ހއ. ތުރާކުނު ޞިއްޙީ މަރުކަޒު

މަޤާމު އޮތް އޮފީސް        ހއ. ތުރާކުނު ޞިއްޙީ މަރުކަޒު

ވަޒީފާއަދާ ކުރާ ތަން        ހއ. ތުރާކުނު ޞިއްޙީ މަރުކަޒު

މުސާރަ                މަހަކު 4465.00 ރުފިޔާ

ސަރވިސް އެލަވަންސް      މަހަކު 1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުން ހަމަޖައްސާ އުޞޫލުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
  2. ދުވަހުން ދުވަހަށް، މަހުން މަހަށް އަދި އަހަރުން އަހަރަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ޤަވާއިދުން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.
  3.  ސެކްޝަނަށް ބޭނުންވާ ތަކެތީގެ ސްޓޮކްހޯދާ، ސްޓޮކް ރަޖިސްޓްރީ ބެލެހެއްޓުން.
  4. މާލިއްޔަތު ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ އުޞޫލުން ޞިއްޙީމަރުކަޒުގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
  5. ޞިއްޙީ މަރުކަޒުގައި ލިޔަންޖެހޭ މެމޯ، ސިޓީ، މެސެޖް އަދި ރިޕޯޓްފަދަ ތަކެތި ލިޔެ ޤަވާއިދުން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.
  6. ޞިއްހީމަރުކަޒަށް ލިބޭ ލިޔެކިއުންތައް އެންޓްރީކޮށް ފައިލްކުރުމާއި، ފައިލިންގ ސިސްޓަމް ޤަވާއިދުން ބެލެހެއްޓުމާއި، އަދި ސެކްޝަންތަކަށް ހޯދަންޖެހޭ ލިޔެކިއުންތައް ހޯދައި އެސެކްޝަނަކަށް ހަވާލުކުރުން
  7. ޞިއްހީ މަރުކަޒަށް އަންނަ މެހެމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަފަރާތާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
  8. ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަވާ ވެރިއެއްގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި، ވެރިޔާ ނެތިދާ ދުވަސްވަރު ޞިއްޙީ މަރުކަޒު ހިންގާ ބެލެހެއްޓުން.
  9. ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، ބަލަހައްޓަމުންގެންދިއުން.
  10. މުވައްޒަފުންގެ ޗުއްޓީ ރިކޯޑްތައް ބަލަހައްޓާ، ޗުއްޓީ ކަންކަން ހަމަޖެއްސުން.
  11. މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، ސަލާމު، ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، އަދި އެޕްރައިސަލްއާއި މުވައްޒަފުންނާއިގުޅޭ އެންމެހައި ކަންތައްތައް ވެރިޔާގެ މަޝްވަރާގެ މަތިން ބަލަހައްޓަމުން ގެންދިޔުން.
  12. މުވައްޒަފުންގެ މުސާރައާއި ބެހޭ އެންމެހާ ހިސާބުތައްހަދައި، މުސާރަޝީޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޙުގެ ކުރިން ކޮންމެމަހަކު އަތޮޅު ހޮސްޕިޓަލަށް ފޮނުވުން.
  13.  މާލިއްޔަތު ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ އުޞޫލުން ފައިސާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  14. މުވައްޒަފުންގެ ރަޖިސްޓްރީ ގަވާއިދުން ލިޔެ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.                   

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  4. ޖިސްމާނީ ޤާބިލުކަންހުލި މިންވަރާއި ނަފްސާނީ ޤާބިލުކަން ހުރިމިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް

1.ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯރމް ( މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ.ތަކަންދޫ ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ. )

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް )

3.ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްކަތުގެ ކޮޕީ:

( ހ ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި  ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

 ( ށ ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖެގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 ( ނ ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

6. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

( ހ ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފިހަކުން ދީކޮށްފައިވާ ލިޔުން.

( ށ ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެއްވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތަ ހުށަހަޅާނީ 15 މެއި 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ހއ. ތުރާކުނު ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 މެއި މަހުގެ ތެރޭގައި ހއ. ތުރާކުނު ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% ( ތިރީސް އިންސައްތަ )

އިތުރުމަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500563 ނަންބަރު ފޯނާއެވެ.

 

08 ޝައުބާން  1438

04  މެއި  2017

 

04 މޭ 2017
ހޯދާ