ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުކުޅާއި ދިރޭމާލު ގެންގުޅުމުގެ ޕްރޮގްރާމް

އިޢުލާން

 

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދާ، ކާނާގެ ބާވަތްތައް ލިބޭނޭމަގު ތަނަވަސްކޮށްދީ ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭމާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް ރާއްޖޭގެ ރަށެއްގައި ވިޔަފާރި އުޞޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށި ޤާއިމުކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދިނުމާއެކު ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ފޯރުކޮށްދީ މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވަނީ ޢާއްމުކޮށް އިޢުލާނުކޮށްފައެވެ.

ވީމާ، މިޕްރޮގްރާމު ހިންގުމަށް ޝަޢުޤުވެރިވާ ފ. ނިލަންދޫގެ ކްލަބު ޖަމްޢިއްޔާތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުން މިއިދާރާއިން ދޫކުރައްވާ އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2017 މެއި 03 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

25 އޭޕްރިލް 2017
ހޯދާ