ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރ:

J03C/2017/05

ތާރީޚް:

16 އޭޕްރީލް 2017  އާދިއްތަ

  • މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން ( ޓްރޭނީ )

ރޭންކް:

ޖީ. އެސް 3

  • ޢަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

4465.00 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް  ފަސްރުފިޔާ)

  • މި މަޤާމަށް ލިބޭ އެލަވަންސް:
  • ސާރވިސް އެލަވަންސް: 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
  • ލިވިންގ އެލަވަންސް: 2550.00 ( ދެހާސް ފަސްސަތޭކަ ފަންސާސްރުފިޔާ)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • އަސާސީ ޝަރުޠު:

1-       މަޤާމުގެމަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި  ޘާބިތުކޮށްދިނުމާއި އެކު، ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު ، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ،

2-       މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު،GS 2  ރޭންކްގައި މަދުވެގެން  2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.                                                          

 

  • މަޤާމުގެ މަސްއޫލިއްޔަތު:
  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށްދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  • މިއަތޮޅުގެ މެޖިސްޓްރޭޓްކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާއިބެހޭ އެންމެހާ ކަންކަންކުރުން.

 

  • މިއަތޮޅުގެ މެޖިސްޓްރޭޓްކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.

 

  • މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ މަސައްކަތްތަކާގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

 

  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )
  • ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު ( ސީ.ވީ )
  • ސުންގަޑި:
  • 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން.  
       

 

 

އެހެނިހެން މަޢްލޫމާތު:

މި އިޢްލާނަކީ ، މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރ: J03C/2016/11  އިޢްލާނާ ގުޅިގެން އެމަޤާމަށް ކުރިމަތި ލައްވާފައިވާ ފަރާތުން އިންޓަވިއުއަށް ޙާޟިރުވެފައިނުވާތީ،އެ އިޢުލާން ބާތިލްކޮށް އެމަޤާމަށް އަލުން މީހަކު ހޯދުމަށް ކުރެވުނު އިޢުލާނެކެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ، ރަށްރަށުގެ ކޮމްޕިއުޓަރާއި ނެޓްވޯކް އަދި މެޝިނަރީއާއި އިކްވިޕްމަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އެރަށްރަށަށް ދެވޭނެ ފަރާތްތަކަށާއި ކޮންޕިއުޓަރު މަރާމާތުކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ ފޯރމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.

16 އޭޕްރިލް 2017
ހޯދާ