ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ފިޔޯރީ ސްކޫލް

 ގދ.ފިޔޯރީ، ދިވެހިރާއްޖެ  

 

ތާރީޚް:16 އެޕްރީލް 2017                  ނަންބަރު:GS209/IUL/2017/010 

ވަޒީފާގެ ފުރުސަތު 

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ 
މަޤާމްގެ ނަންބަރ: J 117900              
ބޭނުންވާ އަދަދު:   01
ރޭންކް:      ޖީ. އެސް 3 
ކްލެސިފިކޭޝަން :  އޮފިސަރ ގްރޭޑް 1  
މުސާރަ :     -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
މަޤާމް އޮތް އޮފީސް: ފިޔޯރީ ސްކޫލް
ގިންތި:       ދާއިމީ
ސެކްޝަން:      އިދާރީ ސެކްޝަން
ވަޒީފާއަދާކުރާ ތަން :  ފިޔޯރީ ސްކޫލް ، ގދ. ފިޔޯރީ ދިވެހިރާއްޖެ
އެހެނިހެން އިނާޔަތް:     1-  ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 
            2 - ދިވެހިރާއްޖެގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
            3  - ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ


ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1- މުޢައްސަސާގެ ހުރިހާ މުވައްޒަފުން ހާޟިރުވުން ބެލޭނެ ނިޒާމް ފުރިހަމަކަން ކަށަވަރުކޮށް، އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމާއިގުޅުންހުރި ފަރާތްތަކުގެ އެހީތެރިކައިއެކު ފުރިހަމަކުރުން.
2- ކޮންޓްރެކްޓަށް ނަގާމުވާއްޒަފުންނާއި، ރިސޯސްކޮށް ނަގާ މުވައްޒަފުންގެ އެއްބަސްވުންތައް ތައްޔާރުކޮށް އެފަދަ މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުން.
3- ކޮންމެ ދުވަހަކު ގަޑިޖެހޭ މުވައްޒަފުންނާއި، އޮފީހަށް ހާޟިރުނުވާ މުވައްޒަފުންގެ ރެކޯޑް ހެނދުނު 7:00ގައި އ. އެޑްމިނިސްޓްރޭޓަރ އަދި ލިޑިންގ ޓީޗަރުންނާއި ހިއްސާކުރުން.
4- ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހާޟިރީ ރިޕޯރޓް ތައްޔާރުކޮށް ވެރިޔާ ލައްވައި ސޮއިކުރުވުން.
5- ސްކޫލަށް އަންނަ ހުރިހާ ލިޔެކިޔުންތައް އެންޓްރީކޮށް ޖަވާބް ފޮނުވަންޖެހޭ ފަރާތްތަކަށް ޖަވާބް ފޮނުވުމަށްފަހު ބަރާބަރަށް ފައިލކުރުން.
6- ސްކޫލްބޯޑާއި، ޕީ.ޓީ.އޭގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ރެކޯޑް ބެލެހެއްޓުން.

7- ސްޓޮކަށް ހޯދަންޖެހޭތަކެތި ހޯދުމާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް އެލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

ޝަރުތު:                                        
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް 

އިންޓަރވިއު ކުރުން

ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 އެޕްރީލް 2017 އާއި 30 އެޕްރީލް 2017 އާއި ދެމެދު ފިޔޯރީ ސްކޫލުގެ ލައިބްރަރީގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.


ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (www.csc.gov.mv އަދި މިސުކޫލުގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.)  އިން ލިބިވަޑައިގަންނަވާނެއެވެ.
2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި، އީމެއިލްއެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  (ހ) މޯލްޑިވްސް ކޮލިފިކޭޝަނއ އޮތޮރިޓީން ފެންވަރު ބައްލަވާފައިވާ ޓައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބުލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ށ- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
ނ- ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯށްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
6- ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
7- ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
ހ- ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން.
ށ- އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދޭ ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv)މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ފިޔޯރީ ސްކޫލަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ ([email protected]) އެވެ. ފެކްސް ނަންބަރަކީ 6840067އެވެ.
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެނެމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30އެވެ.


ނޯޓް:  
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފިޔޯރީ ސްކޫލުގެ  ގެ ނަންބަރު 7983086   ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ސްކޫލުގެ ފެކްސް ނަންބަރަކީ 6840067އެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ.

 

19 ރަޖަބް    1438
16 އެޕްރީލް   2017

16 އޭޕްރިލް 2017
ހޯދާ