ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

ޖީ އެސް 3

ރޭންކް

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

01 (އެކެއް)

ޢަދަދު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

-/1500 ރުފިޔާ

ސަރވިސް އެލަވަންސް

-/2550 ރުފިޔާ

ލިވިންގ އެލަވަންސް

އަސާސީ މުސާރައިގެ %40

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ގަޑީގެ ފައިސާ

1-   މި މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

2-   މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ތަޢުލީމާއި ތަޖުރިބާ

  1. ޤަޟިއްޔާ ހުށަހެޅުމުގެ އިދާރީ މަސައްކަތްތައް ކުރުން
  2. ހުށަހެޅޭ މައްސަލަތަކާބެހޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން
  3. ނިމޭ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ފައިލްތައް އާކައިވްކުރުން
  4. ކުށުގެ ރިކޯޑް އަޕްޑޭޓްކޮށް ބަލަހައްޓައި، އެމަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  5. ޝަރުޢީ އެކިއެކި ލިޔުންތަކަށް އެދޭ ފަރާތްތަކަށް އެލިޔުންތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފޯރުކޮށްދިނުން

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

1-      ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ  ފޯމް

2-      ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.)

5-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

6-      ވަޒީފާގައި އުޅޭނަމަ ނުވަތަ އުޅެފައިވާނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ނަމާއި، މަސްއޫލިއްޔަތު، އަދި އެވަޒީފާގައި ހޭދަވި މުއްދަތާއި ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީލިއުމެއް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭސ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ.

ސުންގަނޑި

މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3350577 ގުޅުއްވުން އެދެމެވެ.

 
12 އޭޕްރިލް 2017
ހޯދާ