ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ

SECRETARIAT OF THE MAADHADU COUNCIL

ފުވައްމުލައް،  ދިވެހިރާއްޖެ

GN. FUVAHMULAH,   REP.OF MALDIVES

                                                         

                                                       ނަމްބަރ:  (IUL)424-EDSS/424/2017/13 

 

އިޢުލާން

 

 

މާދަޑު ކައުންސިލް އިދާރާގެ ސިކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ:

 

މާދަޑު ކައުންސިލް އިދާރާގެ ސިކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރ (IUL)424-EDSS/424/2017/10 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ މިކަމަށް އަލުން އިޢުލާން ކުރަމެވެ.  ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 16 އެޕްރީލް 2017 ވާ އާދިއްތަ ދުވަހު 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސް ދުވަހުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްޞީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

 

 

                   15  ރަޖަބު 1438ހ.

                 11 އެޕްރީލް 2017މ.

11 އޭޕްރިލް 2017
ހޯދާ