ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

                                 

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ     

އިޢްލާން

 GS34/2017/06
   

 

 

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

              ށ. ކަނޑިތީމު ކައުންސިލް އިދާރާއިން ފެށިގެން މިމަދަރުސާއަށް  ކޭބަލެއް އެޅުމަށް ކޯރު ކޮނުމަށް ވަނީ ބޭނުން ވެފައެވެ.

            ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އެޕްރީލް 2017 ވާ ބުރާސްފަތި   ދުވަހުގެ  12:00 ގައި މިމަދަރުސާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 10 އެޕްރީލް 2017 ވާ ހޯމަ  ދުވަހުގެ 12:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޙާޟިރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ކޯރުކޮނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

                     އަދި ދަންނަވެމެވެ. 06 އެޕްރީލް 2017 ވާ ބުރާސްފަތި  ދުވަހުގެ 12:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                               05 ރަޖަބު     1438      

                               02 އެޕްރީލް    2017

 

 

   

                                                           މުޙަންމަދު ޢިމްރާން

                                                  ޕްރިންސިޕަލް

02 އޭޕްރިލް 2017
ހޯދާ