ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

            މިއިދާރާއަށް ބެކްއަޕް ޕަވަރ ސިސްޓަމް (ޔޫ.ޕީ.އެސް) (UPS Model APC SmartVT 40KVA) ގެ ކޮންޓްރޯލް މޮޑިއުލްއެއް ގަންނަށް ބޭނުންވެގެންކުރި 11/ 2017/IU/ ޓީ - 57 ނަންބަރ އިޢުލާނާ ގުޅިގެން އަގު ހުށަހެޅި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 6 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

30 މާރިޗު 2017
ހޯދާ