ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު:  IUL)196-C/1/2017/24) 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                    ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:              01 (އެކެއް)

މުސާރަ:                   -/9,500 ރުފިޔާ

ލިވިންގ އެލަވަންސް:          -/3,000 ރުފިޔާ

ރިސްކް އެލަވަންސް:           -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:      ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:   މި އޮފީހުގައި ޤާއިމުކޮށްފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކާއި ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން.

 

ފެންވަރު ނުވަތަ ޝަރްޠު:  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

 

ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

2-      ވަނަވަރު

3-      ދރއ. ކާޑުގެ ކޮޕީ

4-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

29 ޖުމާދަލްއާޚިރާ 1438

28 މާރިޗު 2017
ހޯދާ