ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

ކަލާފާނު ސްކޫލް

މާލެ، ދިވެހިރާއްޖެ

 ވަޒީފާގެ ފުރުޞަތު

ނަންބަރ: KS-R/IUL/2017/13

ތާރީޚް: 25 މާރިޗު 2017

ވަޒީފާ އަދާކުރަންޖެހޭ ތަން: ކަލާފާނު ސްކޫލް

މަގާމު:  އެސިސްޓެންޓް ފޯމަން   

ބޭނުންވާ ޢަދަދު: 1

މަގާމުގެ ނަންބަރ

J-220672

މަގާމުގެ ކްލެސިފިކޭޝަން

ސަޕޯޓްސް ސްޓާފް ގްރޭޑް 2

ރޭންކް

އެސް. އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

 

މަގާމުގެ ޝަރުތު

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން   ނުވަތަ

2. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.  ނުވަތަ

3. ލިޔަންކިޔަން ދަތުމާއެކު، މަގާމުގައު ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

 

 

 

 

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ސްކޫލްގައި ކުރަންހުންނަ މަރާމާތުފަދަ ކަންތައްތަކަށް އިއުލާން ކޮށް މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ތަކެއްޗާއި ތަން ތައްޔާރުކުރުން.

2. އެކިއެކި ފަރާތްތަކާ ޙަވާލުކުރާ މަސައްކަތްތަކާއި ކަންކަމުގެ އެގްރިމެންޓްތައްޔާރުކޮށް މަސައްކަތް ހަވާލުކުރުން އަދި ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަމުގެ  އެންމެހާ ލިޔެކިއުންތައް ބަލަހައްޓާ އަޕްޑޭޓް ކުރުން.

3. ކޮންމެ ދުވަހަކު އެއްފަހަރު ލޮގްކުރާފޮތް ޗެކްކޮށް މައްސަލަތައް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅާ ލޮގްކުރެވޭ މަސައްކަތްތައް ނިންމުން.

4. ސްކޫލްގެ ސެކިއުރިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން

5. މަސައްކަތު މީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލުން.

6. ސްކޫލްގެ މުހިއްމު ހަފްލާތަކަށް މަސައްކަތު މީހުން އެހީތެރިމަކާއެކު ތައްޔާރުކުރުން.

7. ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާއަދި ފަރުނީޗަރުތަކުގެ ހާލަތުބަލައި މަރާމާތާއިގުޅޭ

  ކަންތައްތައް ބަޖެޓް ސެކްޝަނާއި ގުޅިގެން އެކަންތައްތައް ކުރުން

8. ފާޚާނާތައް ޗެކްކޮށް އެތަންތަނާއި ބެހޭ އޮބްޒަވޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު އެޑްމިނިސްޓްރޭޓަރާއި ހަވާލުކުރުން.

މިވަޒީފާއަށް އެންމެ ޤާބިލް މީހަކުހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

 އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށައަޅަން ޖެހޭ ތަކެތި

1. މައުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv (http://www.csc.gov.mv

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދެ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ  ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާއަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޯށްފައިވާ)

6. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވެ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ސުންގަޑި:

  • މިމަގާމްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން 03 އޭޕްރީލް 2017  ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.
  • މި މަޤާމްތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7  ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާފަރާތްތައް ޝޯޓްލިސްޓް ކުރެވުމަށްފަހު ހޮވޭ 10 ބޭފުޅުންނަށެވެ.

 

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3326607 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314457
  • އީމެއިލްކުރާނީ [email protected] އެވެ.

26 ޖުމާދަލްއާޚިރު 1438

25 މާރިޗު 2017

25 މާރިޗު 2017
ހޯދާ