ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ސްކޫލް ބޯޑަށް މެމްބަރުން ހޯދުން

 

ފިޔޯރީ ސްކޫލް

ގދ.ފިޔޯރީ، ދިވެހިރާއްޖެ

           ނަންބަރު:GS209/IUL/2017/07

އިޢުލާން

ސްކޫލްބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން!

    2017 ން 2018 އަށް މިސްކޫލުގެ ސްކޫލްބޯޑަށް  ބެލެނިވެރިންގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވާ 5 މެމްބަރުން އިންތިޚާބް  ކުރަން ބޭނުންވެގެން ކުރި މިސްކޫލުގެ ނަންބަރ:GS209/IUL/2017/05  އިޢުލާނާއި ގުޅިގެން 3 މެމްބަރުންވަނީ ކުރިމަތިލާފައެވެ. ވީމާ  ބެލެނިވެރިންގެ ތެރެއިން އަދި 02 މެމްބަރަކު ހޮވުމަށް އިޢުލާން ކުރަމެވެ.މެމްބަރުކަމަށް ކުރިމަތިލެވޭނީ ސްކޫލުގައިކިޔަވާދަރިވަރެއްގެބެލެނިވެރިޔަކުނުވަތަބަލަދުވެރިޔަކަށެވެ. 

މެމްބަރުން އިންތިޚާބް ކުރާނެގޮތް:

2 މެމްބަރުންނަށްވުރެ މަދުން މީހުން ކުރިމަތިލައިފިނަމަ، ކުރިމަތިލީ މީހުން ވޯޓްލުމަކާއި ނުލައި އިންތިޚާބްވީއެވެ.2 މެމްބަރުންނަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ، އެމީހުންގެ ތެރެއިން 2 މެމްބަރުން އިންތިޚާބްކުރާނީ ބެލެނިވެރިންގެ މެދުގައިނެގޭ ސިއްރު ވޯޓަކުންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބެލެނިވެރިން 2017 އެޕްރިލް 2 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބޯޑް މެމްބަރުކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއެކު ކުރިމަތިލައްވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ބޯޑް މެމްބަރުކަމަށް އެދޭފޯމް ރަސްމީގަޑީގައި ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.

 

 

 22 މާރިޗް 2017

22 ޖުމާދަލްއާޚިރާ 1438   

22 މާރިޗު 2017
ހޯދާ