ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމްގެ ގިންތި

ވަގުތީ  (3 މަސްދުވަސް)

ރޭންކް

ޖީ.އެސް 3

މުސާރައާއި އެލަވަންސް

މުސާރަ 4465.00ރ ، ސަރވިސް އެލަވަންސް 1500.00ރ

އެހެނިހެން އިނާޔަތްތައް

v     ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެ.

v     ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

v     މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެ.

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމު އޮތް އޮފީސް

ބަނޑިދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ބަނޑިދޫ ސްކޫލް / ދ. ބަނޑިދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އިދާރީ ސެކްޝަން (ބަޖެޓް/އެޗް އާރ)

ޝަރުތު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

 

3. ސާނަވީ  އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ  ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑު:

v     ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

v     މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚްލާޤު.

v     މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދެވޭ މިންވަރު.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

v     ސްކޫލަށް ލިބޭފައިސާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބަލައިގަނެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް އައިޓަމްތަކަށް ވައްދައި ދުވަހުން ދުވަހަށް ތިޖޫރިއަށް ޖަމާކުރުން.

v     މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުމާއި އޮފީހުން ހަވާލުކުރަންޖެހޭ މުސާރައާއި އުޖޫރަ އަދި އެހެނިހެން ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ގަވާއިދާ އެއްގޮތަށް ހަވާލުކުރުން.

v     ސްކޫލުން ހަދަންޖެހޭ ފައިސާއާ ބެހޭ ރިޕޯޓުތައް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހަދައި ކޮންމެ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

v     ސްކޫލްގެ ބަޖެޓުންނާއި ސްކޫލް ޒިންމާވާ ގޮތަށް ކުރެވޭ ކަންތައްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ވައުޗަރ ތައްޔާރު ކުރުމާއި އެކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުމާއި ފައިސާއާ ބެހޭ ލިޔެކިޔުންތައް ފަސޭހައިން ފެންނަގޮތަށް ފައިލްކޮށް ބެލެހެއްޓުން.

v     ސެކްޝަނުން ލިޔަންޖެހޭ ސިޓީ، މެސެޖް އެހެނިހެން ލިޔުންތައް ލިޔުން.

v     ތަނުގެ ސާފުތާހިރުކަމާއި މަރާމާތުގެ ކަންތައް ބެލެހެއްޓުން.

v     އޮފީސް ހުޅުވާ ލެއްޕުން.

v     މުވައްޒަފުންގެ ހާޒިރީ ތައްޔާރު ކުރުން.

v     ސްކޫލް ބޯޑްގެ ލިޔެކިޔުންތައް ބެލެހެއްޓުން.

v     ޖަލްސާތަކާއި ދުވަސްތައް ފާހަގަ ކުރުމުގައި ބައިވެރިވުމާއި މުވައްޒަފުންނާއި ބެހޭ ޑޭޓާތައް ބެލެހެއްޓުން.

v     ސްކޫލަށް ލިބޭ ސިޓީއާއި މެސެޖް އަދި އެހެނިހެން ތަކެތި ބަލައިގަތުމާއެކު އެންޓްރީކޮށް ދުވަހުން ދުވަހަށް ސެކްޝަންތަކާ ހަވާލުކުރުމާއި މަދުވެގެން ދުވާލަކު 2 ފަހަރު އީމެއިލް ޗެކުކޮށް އީމެއިލުން ލިބޭ ތަކެތި އެންޓްރީކޮށް ކަމާބެހޭ މުވައްޒަފުންނާ ހަވާލުކުރުން.

v     ސްކޫލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި، އެހެނިހެން ތަކެތި އެ ފަރާތްތަކަށް ވީއެންމެ އަވަހަކަށް ފޮނުވުމާއި ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ކުންފުނިތަކާއި ކްލަބް ޖަމްޢިއްޔާތަކުން އަދި ސިޔާސީ ޕާޓިތަކުން އެކި ފަރާތްތަކަށް ރައްދުކުރުމަށް ސްކޫލާއި ހަވާލުކުރާ ތަކެތި ބަލައިގަތުމާއި އެތަކެތި ލިބެންޖެހޭ ފަރާތްތަކަށް ވީއެންމެ އަވަހަކަށް ރައްދުކުރުން.

v     ސްކޫލަށް އެކިއެކި ބޭނުންތަކުގައި އަންނަ މީހުންގެ ކަންތައް ވީހާވެސް އަވަހަކަށް ކަމާބެހޭ މުވައްޒަފުންނަށް އެރުވުމާއި ސްކޫލުން އެކިކަންކަމަށް ދޫކުރަންޖެހޭ ފޯމުތައް ގަވާއިދުން ދޫކޮށް ބަލައިގަތުމާއި، ފޯމުތައް ބަލައިގަތުމުގެ ކުރިން ރަނގަޅަށް ޗެކުކުރުން.

v     ވެރިންގެ އެޕޮއިންޓްމަންޓުގެ ކަންތައްތައް އިންތިޒާމު ކުރުމާއި މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، މުވައްޒަފުންނާ ބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުން. 

v     އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާއި އިދާރީކަންކަމުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަ ކުރައްވާފައިވާ ބަނޑިދޫ ސްކޫލް ވަޒީފާއަށް އެދޭ ފޯމް (ބަނޑިދޫ ސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 23 މާޗް 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބަނޑިދޫ ސްކޫލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިންޓަވިއު ކުރުން:

v      މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އެވެ.

v      އިންޓަވިއު ކުރުން އޮންނާނެ ތާރީޚާއި ގަޑި ލިޔުމުން އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރު ކުރިން އަންގާނެކަމުގައި ދަންނަވަމެވެ.

v      އިންޓަވިއު އޮންނާނީ ބަނޑިދޫ ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު:

        މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760635 އެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.
  • އެކްރެޑިޓް ނުކޮށް، ނުވަތަ އެޓެސްޓް ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާކްސް ނުދެވޭނެއެވެ.
  • އުމުރުން 55 އަހަރު ނުފުރޭ މީހަކަށްވުން.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މާޗް 2017  

 

14 މާރިޗު 2017
ހޯދާ