ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

      ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި 10/ 2017/ IU / ޓީ - 57 ނަންބަރ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 16 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

08 މާރިޗު 2017
ހޯދާ