ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން ގއ. ދާންދޫ އިރުމަތީ ފަރާތުން ބިން ދޫކުރުމުގެ އުސޫލު އާންމު ކުރުމާބެހޭ

އިޢުލާން

 

އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން ގއ. ދާންދޫ އިރުމަތީ ފަރާތުން ބިން ދޫކުރުމުގެ އުސޫލު އާންމު ކުރުމާބެހޭ

އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން ގއ. ދާންދޫ އިރުމަތީ ފަރާތުން ބިން ދޫކުރުމުގެ އުސޫލު މިއިއުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މި އިއުލާނު ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

01 ޖުމާދަލްއާޚިރާ 1438

28 ފެބްރުއަރީ2017

 

 

އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން ގއ. ދާންދޫ އިރުމަތީ ފަރާތުން ބިން ދޫކުރުމުގެ އުސޫލު

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ، ޤާނޫނު ނަންބަރ 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ) 151 ބަނަ މާއްދާގެ (ޖ) ގެ ދަށުން ބާރުލިބިގެން، ދާންދޫކައުންސިލް އިދާރާއިން ފާސްކޮށްފައިވާ "ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާއިބެހޭ ޤަވާއިދު"ގެ 6 ވަނަ މާއްދާއި އަދި 7 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، މިރަށު އިރުމަތީ ފަރާތުން ބިން ކުއްޔަށް ދޫކުރުމާއިބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ. (މިއީ، ދާންދޫ ކައުންސިލްގެ 2 ވަނަ ދައުރުގެ 134ވަނަ ޢާންމު ބައްދަލުވުމުގެ އިއްތިފާޤުން ފާސްކޮށްފައިވާ އުޞޫލެކެވެ.)

(ށ)

މިއީ ދާންދޫ އިރުމަތީ ފަރާތުން އެކިއެކި ބޭނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރުމާއިބެހޭ އުސޫލު

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

މިއުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުޞޫލު ހިންގުން

  1.  

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މިއުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ،  އެކަމެއް މިއުސޫލުގެ ދަށުންހިނގާނެއެވެ.

ރަށުގެ އިރުމަތީ ފަރާތުން ބިން ދޫކުރުމުގައި ބަލާނެ ކަންތައް

4.

(ހ)

ރަށުގެ އިރުމަތީ ފަރާތުން ބިން ކުއްޔަށް ދޫކުރެވޭނީ މި އިދާރާއިން އެކަމަށް ފުރުސަތު ހުޅުވާލުމުން، އެކަމަށް އެދި ސިޓީލާ ފަރާތްތަކަށެވެ.

(ށ)

އިރުމަތީ ފަރާތުން ބިން ކުއްޔަށް ދޫކުރާ އިރު ބިން ބޭނުން ކުރާ ފަރާތުން ކުރާ މަސައްކަތުން މުޖުތަމަޢަށް ކުރާ ފާއިދާއާއި މަންފާއަށް ބަލަންވާނެއެވެ.

(ނ)

އެއްބިމަކަށް ގިނަ ބަޔަކު ކުރިމަތި ލާފައި ވާނަމަ ބިން ދޫކުރެވޭނީ ބިމަށް އެދިފައިވާ މީހުންގެ ތެރެއިން އެބިމަކަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށެވެ.

(ރ)

މި އުސޫލުގެ ދަށުން ބިން ދޫކުރާއިރު އެބިމުގައި ކުރާ މަސައްކަތަކީ ޞިއްޙީގޮތުން މީހުން ދިރިއުޅޭ ގޭގެއާއި ކައިރި ހިސާބުގައި ކުރުން ހުއްދަ އޮންނަ މަސައްކަތަކަށް ވާން ވާނެއެވެ.

(ބ)

މި އުސޫލުގެ ދަށުން ބިން ދޫކުރާއިރު ބިމުގައި ކުރާ މަސައްކަތަކީ ކޮން ކަމެއްކަން އެގެން ވާނެއެވެ. އަދި އެއްބަސްވުމުގައި ނެތް މަސައްކަތެއް ބިމުގައި ކުރެވޭނީ އެކަމަށް އެދި ކައުންސިލް އިދާރާއަށް ސިޓީއެއް ފޮނުވުމުން ކައުންސިލުން އެ މަސައްކަތެއް ކުރުމަށް ހުއްދަ ދިނުމުންނެވެ.

 

 

(ޅ)

ކައުންސިލް އިދާރާއިން އެއްވެސް ފަރާތަކަށް މި އުޞޫލުގެ ދަށުން ދޫކުރާ ބިމުގައި ހެދިފައިވާ ބޮޑެތި ރުއްގަސްތައް ކަނޑައި ހަދައިގެން ނުވާނެއެވެ. މި އުޞޫލުގެ ދަށުން މަސައްކަތް ކުރުމުގައި ކޮންމެހެން ނަގަންޖެހޭ ރުއްގަހެއް ނުވަތަ އެސަރަހައްދުގައި މީހުން ދިރިއުޅޭ ގޭގެއަށް ދަތި ފޯރާގޮތަށް ހުންނަ ރުއްގަސްތައް ނަގަންވާނީ ކައުންސިލް އަށް ލިޔެ ހުއްދަ ހޯދައިގެންނެވެ.

(ކ)

މި އުސޫލުގެ ދަށުން ބިން ދޫކުރާ ފަރާތުން އެބިމާއި ގުޅިފައިވާ އަތިރިމަތީ މަގާއި ހޭޅިފަށް ހިމާޔަތްކޮށް ސާފުކޮށް ބަލަހައްޓަން ވާނެއެވެ. އަދި އެބިމާއި ގުޅިފައިވާ ރަށު ހުރަހަށް ނުވަތަ ދިގަށްވާ މަގުތަކުގެ ދެބައި ކުޅަ އެއްބައި  ސާފުކޮށް ބަލަހައްޓަން ވާނެއެވެ.

(އ)

މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ބިންތަކުގައި ވިނަ ނޮޅާ ސާފުކުރުމާއި ގަސް އިންދުމާއި އިންދާފައި ހުންނަ ގަސްތައް ހިމާޔަތް ކުރުމާއި އަތިރި މައްޗަށާއި ގޮޑުދޮށް ސާފުކޮށް ހެދުން ހިމެނޭނެއެވެ.

ބިން ދޫކުރާނެ މުއްދަތާއި ބިމުގެ ކުލި 

6.

(ހ)

މި އުސޫލުގެ ދަށުން ދޫކުރާ ބިން ދޫކުރެވޭނީ އެންމެ ދިގުމުއްދަތަކަށް އެއްފަހަރާ 20 އަހަރު ދުވަހަށެވެ. އަދި މިގޮތަށް ދޫކުރާ ބިންތަކުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށް އެއްބަސްވުން އައުކުރަން  އެދިއްޖެނަމަ އެއްބަސްވުން އައުކޮށްދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

(ށ)

މިއުސޫލުގެ ދަށުން ބިން ދޫކުރުމުގެ މުއްދަތު ކަނޑައަޅަން ވާނީ އަދި  ބިން ދޫކުރަން ވާނީ މީހުން ދިރިއުޅޭ ރައްރަށުން ބިން ދޫކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ތަޢާރަޒު ނުވާ ގޮތެއްގެ މަތިންނެވެ.

(ނ)

މި އުސޫލުގެ ދަށުން ބިން ދޫކުރެވޭނީ ބިޑް އުޞޫލުންނެވެ. ބިޑް އުޞޫލުން އިޢުލާން ކުރާއިރު ބިމުގެ އަކަފޫޓަކަށް ކަނޑައެޅޭ އެންމެ ކުޑަކުއްޔަކީ އަކަފޫޓަކަށް 00.25 ލާރި އަށެވެ. ބިމުގެ އަގު ނިމިގެންދާނީ ހުށަހެޅޭ ބިޑްތަކަށް ބަލައި ބިޑްކާމިޔާބު ކުރާ ފަރާތުން ހުށަހަޅާ އަގެއްގެ މައްޗަށެވެ.

(ރ)

މި އުސޫލުގެ ދަށުން ދޫކުރެވޭ ބިމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ބިމުގެ ކުލި ހިނގާނެއެވެ.

(ބ)

މިގޮތަށް ދޫކުރެވޭ ބިން ވާންވާނީ ބިން ލިބޭ ފަރާތުން ބިމުގައި ކުރުމަށް ކަނޑައަޅާ ކަންތައްތައް ކޮށް ނަތީޖާ ނެރެވޭ ކަންތައްތަކެއް ކުރަމުންދާ ބިންތަކެއް ކަމުގައެވެ.

އެއްބަސްވުމުގައި ހުންނަންޖެހޭ ކަންތައްތައް

7

(ހ)

މި އުސޫލުގެ ދަށުން ހަދާ އެއްބަސްވުމުގައި މި އުސޫލާއި ޚިލާފުވާ ޙާލަތްތަކުގައި އަމަލް ކުރާނެ ގޮތް ކަނޑައެޅި ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ.

(ށ)

މި އުސޫލުގެ ދަށުން އެކުލަވާލާ އެއްބަސްވުންތަކުގައި މި އުސޫލުގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުޠު ތަކަކެއް ހިމަނަން ވާނެއެވެ.

(ށ)

މި ގޮތުން ހެދޭ އެއްބަސްވުންތަކަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ބިންދޫކުރުމާއި ބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެގްރިމަންޓްތަކާއި ބެހޭ ޤާނޫނާއި އަދި ޤަވާއިދުތަކާއި އެއްގޮތަށް ހެދޭ ދެފަރާތުގެ ޙައްޤުތައް ބަޔާން ކުރެވިފައި އޮންނަ، އަދި ދެ ފަރާތުގެ ޙައްޤުތައް ހިމާޔަތް ކުރެވިފައި އޮންނަ އެއްބަސްވުމަކަށް ވާނެޖެހޭނެއެވެ.

 

 

(ނ)

މި އުސޫލާއި އެއްގޮތަށް ހަދާ އެއްބަސްވުމަކާއި ޚިލާފުވާ ފަރާތްތަކާއި މެދު ޢަމަލް ކުރަން ވާނެ ގޮތް ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ. އަދި ބިމު ކުލި ދައްކަންޖެހޭ ތަނަކާއި މުއްދަތު، އަދި މުއްދަތަށް ނުދައްކައިފިނަމަ ޢަމަލް ކުރަން ވާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައި އޮންނަން ވާނެއެވެ.

(ރ)

މި އުސޫލުގެ ދަށުން ހެދޭ އެއްބަސްވުމާ ޚިލާފަށް އެއްވެސް ފަރާތަކުން  ކަމެއް ކޮށްފިނަމަ އެ ފަރާތަކާއި މެދު އަޅާނެ ފިޔަވަޅުތައްވެސް އެއްބަސްވުމުގައި ބަޔާންކުރަން ވާނެއެވެ.

 

 

(ބ)

ބިން ދޫކުރާއިރު ހެދޭ އެއްބަސްވުމުގައި ބިން ކުއްޔަށް ހިފާ ފަރާތާއި ދާންދޫ ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުން ބާތިލް ކުރެވޭނެ ޙާލަތްތަކާއި ބާތިލު ނުކުރެވޭނެ ޙާލަތްތައް ބަޔާން ކުރަން ވާނެއެވެ.

14 ފެބުރުއަރީ 2017

28 ފެބުރުވަރީ 2017
ހޯދާ