ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ގދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް

ގދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު މިކޯޓުގެ ނަންބަރު Q10C-A/2017/02 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގައި މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތު ހިމެނިފައިނުވާތީ، ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކާއި އިޢުލާން ބާތިލުކޮށް ތިރީގައިވާ ތަކެތި ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  • އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
  • ސާފުކުރާ ސާމާނު

މިކަމާއިބެހޭ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2017 ފެބްރުއަރީ 27 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006244 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 28 ފެބްރުއަރީ 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު

24 ޖުމާދުލްއޫލާ 1438

21 ފެބުރުވަރީ 2017
ހޯދާ