ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެފް.އެސް.އެމް ކ.ތިލަފުށި 3750 އަކަފޫޓް ބިން ހުސްކޮށް، ސާފުކޮށް އަދި ބިންގަނޑު ލެވެލް ކޮއްދިނުން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

         

 އެފް.އެސް.އެމް ކ.ތިލަފުށި ބޯޓު ޔާޑުގައި މަސައްކަތް ކުރާ މުވައްޒަފުން ދިރިއުޅުމަށާއި، ގުދަނެއްގެ ގޮތުގައި ބޭނުން ކުރުމަށް، ބިނާކުރުމަށް ހަމަޖެހިފައިވާ ފަސް ބުރީގެ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތް ފެއްޓުމުގެ ކުރިން އަންނަނިވި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • 3750 އަކަފޫޓު ސަރަޙައްދުގެ ބިންގަނޑު 12 ފޫޓު ފުންމިނަށް ކޮނެ، ކުނިބުނި ނަގާ، ތަން ސާފުކޮށް، ކުނިތައް އުކާލުން
  • ބިމުގެ ލެވެލަށްވުރެ 1 ފޫޓު އުސްކޮށް، ކޮންނަ ތަނަށް އަލުން ރީތި ފަސް އަޅާ، ފަސްގަނޑު ބާރުކޮށް ލެވެލްކުރުން

 ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 1 މާރޗް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

            16 ފެބްރުއަރީ 2017 

16 ފެބުރުވަރީ 2017
ހޯދާ