ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް / މުރައިދޫ ޞިއްޙީމަރުކަޒު

މަޤާމް :އެޓެންޑެންޓް
ބޭނުންވާ އަދަދު :1

އިޢުލާން

ނަންބަރު:IUL)HAAH-A15/2017/01)

މަޤާމުގެ ނަން

އެޓެންޑެންޓް

ބޭނުންވާ ޢަދަދު

1 ( އެކެއް )

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:އެސް.އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ހއ.މުރައިދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ.މުރައިދޫ ޞިއްޙީމަރުކަޒު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން

ހއ މުރައިދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒުގެ ވޯޑާއި، ކޮންސަލްޓޭޝަން ރޫމް،ޑްރެސިންރޫމް،ލޭބަރ ރޫމާއި އަދި އެހެނިހެން ކުލިނިކަލް އޭރިއާތަށް ސާފުކޮށް ބެލެހެއްޓުން.
  2. ޞިއްޙީމަރުކަޒުގެ ވޯޑާއި، އޯ.ޕީ.ޑީ،ވާޑް، ޑްރެސިންގ ރޫމް، އަދި ލޭބަރ ރޫމުގައި ހުންނަ އެންމެހައި އިކްއިޕްމަންޓްސް މަދުވެގެން ދުވާލަކު 1 ފަހަރު ސާފޮކަށް ބެލެހެއްޓުން.
  3. އޯ.ޕީ.ޑީ އަދި ވާރޑްގައި ނަރުހުންނަށް ބޭނުންވާ ތަކެތި ވީއެންމެ އަވަހަކަށް ފޯރުކޮށް ދިނުމާއި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
  4. ބަލިމީހުން އުފުލުމުގައާއި، އެނދުމަތި ކުރެވިފައިވާ ބަލިމީހުނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެކު ބަލިމިހުނަށް ފަސޭހަލުން ހިދުމަތް ލިބޭނެގޮތަށް މަގު ދައްކައި ދިނުން.
  5. ބަލިމީހުން އުފުލަން ޖެހިންގެ ހާލަތެއްގައި ބަލިމީހުން އުފުލުމާއި އަދި ޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުން.
  6. އޯޕީޑީ އަދި ވާރޑްގައި ނަރުހުންނަށް އެހީތެރިވެދިނުން.
  7. ޞިއްޙީމަރުކަޒުގައި އުފެދޭ ނުރައްކާތެރި ކުނިބުނި (އިންޖެކްޝަން، ސިރިންޖް، ވަޔަލް އަދި އައި.ވީ ލައިން ފަދަތަކެތި) ރައްކާތެރި ގޮތުގައި އިންސިނިރޭޓްކޮށް ނައްތާލުން.
  8. މަރުކަޒުގައި ބަލިމީހުން ބޭނުންކުރާ ބާލިސް، ބާލިސްއުރަ އަދި ބެޑްޝީޓް ގަވައިދުން ބަދަލުކޮށް ދޮވެސާފުކޮށް އިސްތިރިކުރުން.
  9. ޞިއްޙީމަރުކަޒުންހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، އަދި ވަޒީފާގެ މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަން ކުރުމާއި، އިސްނަގައިގެން ވަޒީފާގެ ޒިންމާ ތަކާއި މަސްޢޫލިއްޔަތު އަދާކުރުން.
  10. ވާޒީފާގެ މާހަޢުލާއި ގުޅޭ ގޮތުން ޞިއްޙީމަރުކަޒުގެ އިސްވެރިން އަންގާ މަސައްކަތް ކުރުމާއި ވީވަރަކުން މަސައްކަތުގައި ބައިވެރިވުން.

ތަޢުލީމާއި ، ތަޖުރިބާ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން

  • ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތަށް އެނގުމާއި، އަދި އެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3.ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމުގެ އުޖޫރައާއި އިނާޔަތްތައް

1. މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި ސާރވިސް އެލަވަންސްގެ އިތުރަށް، ސިވިލްސަރވިސްގެ މުވައްޒަފުންނަށް ލިބިދޭ ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ އާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.                                                 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯރމް، ( މިފޯރމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަރުކަޒުގެ ރިސެޕްޝަން ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.

4.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ  ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. ) ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކޮރިޕްޓްގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5.ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 

6.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ( ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ )

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 12 ފެބުރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ.މުރައިދޫ ޞިއްޙީމަރުކަޒުގެ  އިދާރީ އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2017 މާރޗު މަހުގެ ތެރޭގައި ހއ. މުރައިދޫ ޞިއްޙީމަރުކަޒުގައެވެ. އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ވަގުތު އޮއްވައި ލިޔުމުން އެންގޭނެއެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6500569އެވެ. އަދި ވަޒީފާއަށް އެދޭފޯރމް ސިވިލްސަރވިސްގެwww.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެރިސެޕްޝަން ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

 03 ޖުމާދުލްޢޫލާ  1438

31  ޖަނަވަރީ   2017

 

 

 

 

 

 

31 ޖަނަވަރީ 2017
ހޯދާ