ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އެއަރކޮންޑިޝަން ސާރވިސް ކުރުމަށް

ވ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުގެ އިދާރީ ބައިގައި އައު އެއަރ ކޮންޑިޝަނެއް ބެހެއްޓުމަށާއި، އެއަރ ކޮންޑިޝަނެއް ސާރވިސްކުރުމުގެ މަސައްކަތް ކޮށްދޭނޭ ބަޔަކު ހޯދުމަށް ކުރި މި ކޯޓުގެ ނަންބަރު: J03C/2016/10  އިޢްލާނުގައިވާ މަސައްކަތަށް ބަޖެޓް ހަމަނުޖެހުމުގެ ސަބަބުން އެކަމަށް އެދި ހުށަހެޅި އަންދާސީ ހިސާބުތައް ބާޠިލުކުރުމަށްފަހު މިކޯޓުގެ ބައެއް އެއަރކޮޑިޝަން ސާރވިސްކޮށްދޭނޭ ބަޔަކު ހޯދުމަށް އަލުން އިޢްލާނުކުރަމެވެ.

މިކަމާބެހޭ މަޢްލޫމާތު www.judiciary.gov.mv އަދި www.courts.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭ މަޢްލޫމާތު ހޯއްދެވުމަށް ފޯނުން ނުވަތަ އީމެއިލްގެ ޒަރީޢާއިން 5 ފެބުރުއަރީ 2017 ވާ އާދީއްތަ ދުވަހުގެ ކޯޓް ބަންދުވުމުގެ ކުރިން މި ކޯޓުގެ ނަންބަރ: 6700730 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

  • އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 9 ފެބުރުއަރީ 2017 
  • އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
  • އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް  

4 ޖުމާދަލް އޫލާ 1438 ހ.

01 ފެބުރުވަރީ 2017
ހޯދާ