މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ މާރިޗް މަހުގެ ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

 

މިކޯޕަރޭޝަންގެ ފަރާތުން މިއަހަރުގެ މާރިޗު މަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް، ތިރީގައި މި ދަންނަވާ މަޤާމުތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

  • ޑޮކްޓަރު

ޢަދަދު:

  • 01

ފެންވަރު ނުވަތަ ޝަރުޠު

  • މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވުން.      
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި މީހުން ގޮވައިގެން ހޮސްޕިޓަލްތަކަށް ގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އަންހެން ބޭފުޅެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • މީހުންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާ ދޭންޖެހޭ ބަލި މީހުންނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުން.

މަޤާމު:

  • ކައްކާ

ޢަދަދު:

  • 01

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި، މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއި އެކު، ގިނަ ޢަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކައްކާ ކާންދިނުމުގެ ޚިދުމަތްތައް ދިނުން.
  • ކާ ގަޑިތަކުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • "ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު  ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާނަމަ، އެކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 7 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

31 ޖަނަވަރީ 2017

31 ޖަނަވަރީ 2017
ހޯދާ