މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިބެހޭ އުސޫލް ގެ ދަށުން ގާޑިޔާ ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން:

  މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

   ކ.މާފުށި                                                

                                                   އިޢުލާން : IUL)337/337/2017/6) 

އިޢުލާން

ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިބެހޭ އުޞޫލް ގެ ދަށުން ގާޑިޔާ ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން:

މިއިދާރާގެ ނަމްބަރ: (IUL)337/2017/02 (10 ޖަނަވަރީ 2017) އިޢުލާންއާއި ގުޅޭގޮތުން ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބައެއްފަރާތްތަކުން ސިޓީ ހުށައަޅުއްވާފައިވާތީވެ، އެ ސިޓީތައް ބާޠިލްކޮށް، ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމުގެ އުޞޫލުގެ ދަށުން  ގާޑިޔާ ތަކަށް ކުރިމަތިލުމުގެ ފުރުސަތުވަނީ މިއަދުން ފެށިގެން ހުޅުވާލެވިފައެވެ.

ވީމާ ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން 07 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  މިއިދާރާއަށް ސިޓީން ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއި އެކު ގާޑިޔާ ބަހައްޓަން ކަނޑައެޅިފައިވާ ސަރަހައްދުތަކާއި ގާޑިޔާގައި ވިއްކޭނެކަމަށް ކައުންސިލުން ކަނޑައަޅާފައިވާ ތަކެތީގެ ލިސްޓް އެޓޭޗްކުރެވިފައި އެވަނީއެވެ.

30 ޖަނަވަރީ 2017

30 ޖަނަވަރީ 2017
ހޯދާ