ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާއި ޙަވާލުކުރުން

 

އިޢުލާން

ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާއި ޙަވާލުކުރުން

މިކައުންސިލާއެކު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަށަވަރު ދޯނި ދުއްވުން އެހެން ފަރާތަކާއި 3 އަހަރުދުވަހުގެ މުއްދަތަށް  ކުއްޔަށް ޙަވާލުކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.  މިގޮތުން ދޯނި ކުއްޔަށް ޙަވާލުކުރެވޭނީ ޕޮއިންޓް ދޭ އުޞޫލުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މިކަމަށް އެއްބަސްވުމަށް މިކައުންސިލުން ނިންމާފައިވާ ކަންތައްތަކާއި ޕޮއިންޓް ދިނުމަށް މިކައުންސިލުން ނިންމާފައިވާ ކަންތައްތައް މިކައުންސިލްގެ ކައުންޓަރުންނާއި، ރަށުކައުންސިލްތަކުންނާއި، މިކައުންސިލްގެ ވެބްސައިޓް www.vaav.gov.mv  ން ލިބިވަޑައިގަންނަވާނެއެވެ. މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ޖެނުއަރީ  2017 ވާ ހޯމަ ދުވަހުގެ 1300 އަށް  ޕްރޮޕޯސަލް ހިއްޕައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެކުރިން މި އިދާރާގެ [email protected] އަށް މެއިލްކުރައްވާ ޕްރޮޕޯސަލްތައްވެސް ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ.  މިކަމަށް ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ މައުލޫމާތު  ހިމަނުއްވަންވާނެއެވެ.

1-      ހުށަހަޅުއްވާ ކުލި

2-      މަރާމާތުކުރުމުގެ ކަންތައް ކުރައްވާނެ ގޮތުގެ ތަފްޞީލާއި ޚަރަދުގައި ޙިއްޞާވާނެ މިންވަރު

3-      ދޯނި އެހެލުމުގެ ކަންތައް ކުރައްވާނެ ގޮތުގެ ތަފްޞީލާއި ޚަރަދުގައި ޙިއްޞާވާނެ މިންވަރު

4-      ދޯނި ތަރައްޤީކުރުމަށް ކުރައްވާނެ ކަންތައްތަކާއި އެކަމަށް ދާނެ ޚަރަދާއި އެ ޚަރަދުގައ ޙިއްޞާވާނެ މިންވަރު

5-      ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މައުލޫމާތާއި ވަނަވަރު

6-      އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

7-      ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރ 6700502 އާއި ގުޅުއްވުން އެދެމެވެ. މިކަމާގުޅިގެން 26 ޑިސެމްބަރ 2016 ގައި ކޮށްފައިވާ މިކައުންސިލްގެ   (IUL) 235/235/2016/28 ނަންބަރު އިޢުލާން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތި ނުލުމުގެ ސަބަބުން ބާޠިލް ވީއެވެ.

                        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        17 ރަބީޢުލްއާޚިރު  1438 

                        15 ޖެނުއަރީ     2017

               

 

 

                                                     

15 ޖަނަވަރީ 2017
ހޯދާ