މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖެ އެތެރެކުރާ ބޭހާ ބެހޭ

ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް ހުންނަންޖެހޭ ފިނިހޫނުމިނުގައި އަދި ރައްކާތެރިކަމާއެކު ބޭސް ގެންގުޅުމަކީ ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިނޫން ގޮތަކަށް ބޭސް ހުންނަންޖެހޭ ފިނިހޫނުމިނުގައި ނުބަހައްޓައިފިނަމަ، ބޭހުގެ ފެންވަރު ގެއްލި، ބޭހުގެ ބާރު ދަށްވެ، ބޭހުން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލުނުވެ އަދި ޞިއްޙީ ނުރައްކަލާ ކުރިމަތިލާން މެދުވެރިވެދާނެ ސަބަބެކެވެ.

ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ފެންވަރު ކަށަވަރުކުރުމަކީ އާންމު ޞިއްޙަތުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމަކަށްވާތީ، ބޭސް ގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްވެސް މިހާރަށްވުރެ ރަނގަޅުކުރުމުގެ ގޮތުން، ބޭސްއެތެރެ ކުރަންވާނީ އެތަކެތީގެ ރައްކާތެރިކަން ދެމެހެއްޓޭފަދަ ގޮތަކަށް ބަންދުކުރެވި އެބޭހެއް ހުންނަންޖެހޭ ފިނިހޫނުމިން ހިފެހެއްޓޭނެ ގޮތަށެވެ.

ވީމާ، 1 ޖަނަވަރީ 2014 އިން ފެށިގެން ރާއްޖެ އެތެރެ ކުރާ ބޭސްތައް މިހާރެކޭވެސް އެއްއުސޫލުން ބޭސް ބަހައްޓަންޖެހޭ ފިނިހޫނުމިނާއި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ނުވާ ބޭސްތައް މިއޮތޯރިޓީން ހިފަހައްޓަމުން ގެންދާނެކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014322 އިން  ލިބިވަޑައިގަންނަވާނެއެވެ.

13 ޛުލްޤަޢިދާ 1434

19 ސެޕްޓެންބަރު 2013
ހޯދާ